ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ސިސްޓަމްސް އެޑްމިނިސްޓްރޭޓަރ

އިޢުލާން

ސިސްޓަމްސް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް މުވައްޒަފަކު ހޯދުން:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައި މަސައްކަތްކުރާނެ ހީވާގި، ޤާބިލް، މަސައްކަތަށް ޝައުޤުވެރިވާ މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމް:

ސިސްޓަމްސް އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތުގެ މުއްދަތު:

1 (އެކެއް) އަހަރުދުވަސް (މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، މުއްދަތު އިތުރުކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން މެންދުރުފަހު 2:00 އަށް (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި، ހަވީރު ހަތަރެއް ޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.)

އުޖޫރަ:

- އަސާސީ މުސާރަ: މަހަކު -/15،000 ރުފިޔާ

- ޕަރފޯމަންސް އެލަވަންސް: -/5،000 ރުފިޔާ

- ހާޒިރީ އެލަވަންސް: -/3،500 ރުފިޔާ  

ފެންވަރު/ޝަރުޠު:

  1. އައި. ސީ. ޓީ. ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން.
  2. ޑާޓާ ސެންޓަރ އެޑްމިނިސްޓްރޭޝަނުގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  3. އޯއެސްއައި  މޮޑެލްގެ ޢިލްމު ހުރުމާއި، އެތޭރނެޓް ނެޓްވޯކް ކޮންފިގަރޭޝަން، ޓީސީޕީ/އައި.ޕީ، އައި.ޕީ އެޑްރެސްކުރުމާއި ކޭބަލްކުރުމުގެ ހުނަރު ހުރުން.
  4. ކްލައިންޓް ސަރވަރ، ވިންޑޯސް އެން.ޓީ / އެކްސް.ޕީ ސަރވަރ، އެޑްވާންސްޑް ސަރވަރ 2000، ވީއެމްވެއަރ އީއެސްއެކްސް ސަރވަރގެ ވަރޗުއަލައިޒޭޝަން، އެޑްމިނިސްޓްރޭޝަން، އަދި ލިނެކްސް/ ޔުނިކްސް ފަޔަރވޯލް އިންސްޓޯލްކޮށް ކޮންފިގަރކުރުމުގެ މަސައްކަތުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

(މި މަސައްކަތަށް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފްސީލާއި "ޓާމްސް އޮފް ރިފަރެންސް" މި އޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.)

މައިގަނޑު މަސައްކަތްތައް:

ޑާޓާ ސެންޓަރ އެޑްމިނިސްޓްރޭޓްކުރުން.

(މި މަސައްކަތުގެ އިތުރު ތަފްސީލާއި، "ޓާމްސް އޮފް ރިފަރެންސް" މި އޮފީހުގެ ވެބްސައިޓް www.ncit.gov.mv އިން ލިބެން ހުންނާނެއެވެ.)

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން.
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ.

ހުށަހަޅަންޖެހޭ ތާރީޚު:

މި މަސަތްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މާރިޗު 28 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކު، ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މި އޮފީހުގެ އީމޭލަށް ([email protected] އަށް)   ފޮނުވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އީމޭލް ކުރާނީ، [email protected]  އެޑްރެހަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334 (960) 

ފެކްސް ނަންބަރު: 4004 334 (960) 

އީމޭލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

8 ޖުމާދަލްއާޚިރާ 1437

17 މާރިޗު 2016
ހޯދާ