ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

އިޢުލާން


ވަޒީފާގެ ފުރުޞަތު:

މި ކޯޓުގެ A/04/Q10MC/2016 ނަންބަރުގެ އިޢުލާނުގައި ބައެއް މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލްކޮށް، އަލުން އިޢުލާން ކުރަމެވެ.

މަޤާމް:

އެސިސްޓެންޓް ލީގަލް އޮފިސަރ

މަޤާމުގެ ރޭންކް: LS2        

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާގެ ބާވަތް: ދާއިމީ

މަސައްކަތްކުރަންޖެހޭ ތަން:

ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ:

-/9412 ރުފިޔާ

 

އެލަވަންސް

- ސަރވިސް އެލަވަންސް: -/3000 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %35

- ލިވިންގ އެލަވަންސް: -/2550 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1- ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ފިޔަވަޅުތައް އެޅުމުގައި މެޖިސްޓްރޭޓުންނަށް އެހީތެރިވެދިނުން.

2- ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޑްރާފްޓްކުރުމަށް މެޖިސްޓްރޭޓުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.

3- އެކިއެކި ކޯޓްތަކުން ބަޔާންނެގުމަށާއި މީހުން ހާޒިރުކޮށްދެއްވުމަށް އަންނަ މެސެޖްތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މެޖިސްޓްރޭޓް އަންގަވާގޮތެއްގެމަތިން ބަޔާންތައް ނެގުން.

4- ނިމޭ ޤަޟިއްޔާތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅިފައިވޭތޯ ބަލައި، މައްސަލައިގެ ފައިލް އަރުޝީފަށް ހަވާލުކުރުން.

5- ޤާނޫނުތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް، ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ގަވާއިދުތަކަށް ގެންނަން ފެންނަ ބަދަލުތައް ދިރާސާކޮށް ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ރިޕޯޓް ތައްޔާރުކުރުމާއި، ޤާނޫނުތަކާއި ގަވާއިދުތަކަށް ގެނެވޭ އިޞްލާޙުތައް ފަނޑިޔާރުންނަށް ފޯރުވައިދިނުމާބެހޭ މަސައްކަތް، ކޯޓް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނަވާ މެޖިސްޓްރޭޓްގެ މަޝްވަރާގެމަތިން ކުރުން.

6- ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް، ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުމާއި، ރިޕޯޓް ހޯދަން އެދޭ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ގަވާއިދުން ދޫކުރުން.

7- މަތީގައިވާ ކަންކަމުގެ އިތުރުުން، ޝަރީޢަތާބެހޭ ސެކްޝަނުގެ މަސައްކަތްތައް، މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެމަތިން ކުރުން.

 

 

 

ހުށަހަޅަންޖެހޭ ތަކެތި:

1- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (މި މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި www.judiciary.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

5- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ، އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާގެ ރޭންކް އެނގޭފަދަ ރަސްމީ ލިޔުމެއް.

ސުންގަޑި:

2016 މާރިޗު 27 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން މި ކޯޓަށް ހުށަހެޅުން އެދެމެވެ.

 

އިތުރު މަޢުލޫމާތު:

މި މަޤާމަށް މީހަކު ހޮވުމުގައި، މަޤާމުގެ އަސާސީ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމާއި ތަޖުރިބާއާއި ކުރެވޭ އިންޓަވިއުއަށް ބެލުމާއެކު، ރަށުން ބޭރަށް ދާންޖެހިއްޖެ ހިނދެއްގައި ރަށުން ބޭރަށްގޮސް މަސައްކަތްކުރެވޭނެ މީހަކަށް އިސްކަންދެވޭނެއެވެ.

5 ޖުމާދަލްއޫލާ 1437

14 މާރިޗު 2016
ހޯދާ