ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެލާގައި ޢިމާރާތް ކުރަން ފަށާފައިވާ ޒުވާނުންގެ މަރުކަޒުގެ މަސައްކަތްތަކާ ގުޅޭ

އިޢުލާން

ކެލާގައި ޢިމާރާތް ކުރަން ފަށާފައިވާ ޒުވާނުންގެ މަރުކަޒުގެ މަސައްކަތްތަކާ ގުޅޭ

މިރަށު ( ހއ. ކެލާ ) ގައި ޢިމާރާތް ކުރަން ފަށާފައިވާ ޒުވާނުންގެ މަރުކަޒުގެ (02 ވަނަ ފިޔަވަހީގެ) ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

1. އެއަރކޯން ހަރުކުރުން ފިޔަވައި ދެން ކުރަންހުރި ކަރަންޓް ފިޓިންގްސް ހަރުކުރުމުގެ މަސައްކަތާއި މިކަމާ ގުޅުންހުރި ހުރިހާ މަސައްކަތްތައް

2. ސީލިންގ ކުރުމާއި ސީލަރ އަދި ކުލަ ދަވާދުލުން

3. ޒުވާނުންގެ މަރުކަޒުގެ ފާޚާނާތައް ފުރިހަމަކޮށް ނިންމުން (ކޮމްޕްލީޓް) އަދި ފެންޕަންޕް ބެހެއްޓުން

4. ދޮރުތަކާއި ދޮރުފަތްތައް ހަރުކޮށް ތަޅުލެވޭގޮތް ހެދުން

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 20 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިއިދާރާގައި އޮންނަ މިކަމަށްޓަކައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުވުމުގައި ބައިވެރިވުން އެދެމެވެ. މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ އެބައްދަލުވުން ނިމުމުގެ ކުރިން ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. އަދި މިމަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން 30 މާރިޗު 2016 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. ބަލައިގަތުމަށް ހަމަޖެހިފައިވަނީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ނަމުގައިވާ (ބަރާބަރު 13:00 އަށް ހާޒިރުވި ފަރާތްތަކުގެ) ބިޑުތައް އެކަންޏެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގަޔާއި ބިޑް ބަލައިގަތުމުގެ ބައްދަލުވުމުގައި، ބަދަލުގައި މީހަކު ބައިވެރިކުރާނަމަ އެކަން އެނގޭގޮތަށް އޮތް ސިޓީއެއް ހުށަހަޅަންވާނެއެވެ.

މާކްސް ދެވޭނެ ތަފުސީލު

މާކްސް ދެވޭ ކުރައިޓީރިއާ

މާކްސް

ދެވޭގޮތް

ތަފުސީލު

ފޯމިއުލަރ

އަގު

%80

ހުށަހެޅިފައިވާ އެންމެ ކުޑައަގު

އަންދާސީހިސާބު ހުށަހެޅި އެންމެ ކުޑައަގު / ހުށަހެޅި އަގު %80

ތަޖުރިބާ

%06

ފަންނީގޮތުން ޤާބިލުކަންހުރި މިންވަރު

މަސައްކަތާ ގުޅޭގޮތުން ހާސިލުކޮށްފައިވާ ކޮންމެ ލިޔުމަކަށް 02ޕޮއިންޓް/ ޕޮއިންޓް ދޭނީ ގިނަވެގެން 03 މަސައްކަތަށް

މުއްދަތު

%14

މަސައްކަތް ކުރުމުގެ އެންމެ ކުރު މުއްދަތު

އަންދާސީހިސާބުގައި ހުށަހެޅި އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު %14

10 މާރިޗު 2016
ހޯދާ