ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ބަސްޑްރައިވަރ

އިޢުލާން

ބަސް ޑްރައިވަރުގެ މަޤާމަށް މީހަކު ހޯދުން:

މަޤާމް: ބަސް ޑްރައިވަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: -/2500 ރުފިޔާ

ޚާއްޞަ އެލަވަންސް: -/100 ރުފިޔާ (މަސައްކަތަށް ނުކުންނަ ރަސްމީ ކޮންމެ ދުވަހަކަށް)   

ވަޒީފާ އޮތް އޮފީސް: ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް / ލ. ގަން

މަޤާމުގެ ބާވަތް: ކޮންޓްރެކްޓް / ވަގުތީ

މަޤާމުގެ ޝަރުޠުތައް:

1- ބަސް ނުވަތަ އެކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތުން.

2- ދިވެހި ރައްޔިތަކު ކަމުގައިވުން.

3- ބަސް ނުވަތަ އެ ކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

4- އުމުރުން 65 އަހަރު ފުރިފައި ނުވުން.

5- އަޚުލާޤީގޮތުން ރަނގަޅު މީހަކުކަމުގައިވުން.

6- ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހު، ޖިނާއީ މައްސަލައެއް ޝަރީޢަތަށް ސާބިތުވެގެން ޙުކުމެއް ކޮށްފައިވާ މީހަކުކަމުގައި ނުވުން.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ، އިންޓަވިއު ކުރުމަށްފަހުގައެވެ. އެހެންކަމުން، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އިންޓަވިއު ބާއްވާނެ ތާރީޚާއި ވަގުތެއް އެންގޭނެއެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ. ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

ށ. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ނ. ބަސް ނުވަތަ އެ ކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ކޮޕީ.

ރ. ބަޔާންކޮށްފައިވާ އުޅަނދުފަހަރު ދުއްވުމުގެ ތަޖުރިބާ ލިބިފައިވާނަމަ، އެކަން އެނގޭނެ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުގެ އޮފީހަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 29 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.  

އިތުރު މަޢުލޫމާތު:

- މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6800012 ނަންބަރު ފޯނާއެވެ.

6 ޖުމާދަލްއާޚިރާ 1437

15 މާރިޗު 2016
ހޯދާ