ދިވެހިރާއްޖެ
އިޢުލާން
ހދ. ހިރިމަރަދޫ ސްކޫލުގައި އަމިއްލަ ތަކެތީގައި ފެނުގެ ނިޒާމު ޤާއިމުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ކުރަންޖެހޭ މައިގަނޑު މަސައްކަތް:
- މިހާރު ހުރި ތާނގީތަކުގެ ބުޑު ނަގައި ތަން ސާފުކުރުން.
- 3 ހަން ބެހެއްޓުމަށްޓަކައި ބުޑު އަޅައި މަތި ހިޔާކުރުން.
- ފެންވައިރު ކުރުމާއި ފެންނެގުމަށް ދިޔަދޮތްވާ ގުޅާލުން.
- ފެންބުއިމަށް އިސްކުރުބަރި ހަރުކޮށް މަތި ހިޔާކުރުން.
ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ހިރިމަރަދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން ހިރިމަރަދޫ ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
22 މާރިޗު 2016 (އަންގާރަ) ދުވަހުގެ 13:30 އަށް |
27 މާރިޗު 2016 (އާދީއްތަ) ދުވަހުގެ 13:30 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 08:00 ން 14:00 އަށް 6520536 ، 9839886 ނަންބަރު ފޯނާއެވެ.