ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކުގެ ތަރައްޤީ ކުރުމާބެހޭ

އިޢުލާން

ކުޑަކުދިންގެ ޕާކުގެ ތަރައްޤީ ކުރުމާބެހޭ

މިރަށު ބަނދަރު ސަރަޙައްދުގައި އޮންނަ ކުޑަކުދިންގެ ޕާކުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • ވާރކުވޭގައި ގައު އެތުރުން (މިއިދާރާއިން ގައު ފޯރުކޮށްދިނުމުން)
  • 12 ބެންޗު ހަދައި ބެހެއްޓުން (މިއިދާރާއިން ދައްކާ ނަމޫނާ އާ އެއްގޮތަށް އަމިއްލަ ތަކެތީގައި)
  • ޕާކުގެ ތެރޭގައި ހުރި ބައެއް ރުއްގަސް ކަނޑައި، ބުޑުތައް ނަގައި އުކާލުން
  • ޕާކުގެ ތެރޭގައި ލައިޓް ޖެހުން

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 މާރިޗު 2016 (ބުދަ) ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 މާރިޗު 2016 (އާދީއްތަ) ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިކައުންސިލްގެ ނަންބަރު 6800082 ފޯނަށް ގުޅުއްވުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.   

06 ރަބީޢުލްއާޚިރާ 1437

15 މާރިޗު 2016
ހޯދާ