ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
މައްކާގައި ބާއްވާ 38 ވަނަ މަލިކު ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް ޤުރްއާން މުބާރާތް

އިޢުލާން

މައްކާގައި ބާއްވާ 38 ވަނަ މަލިކު ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމާބެހޭ

2016 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގެ މައްކާގައި އޮކްޓޯބަރ 22 އިން 26 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 38 ވަނަ މަލިކު ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ. މި މުބާރާތުގައި ހިމެނޭ ގޮފިތަކުން 3 ގޮތްޕެއްގައި ރާއްޖެއިން ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ގޮތްޕެއްގައިވެސް ބައިވެރިވެވޭނީ 1 ބައިވެރިއަކަށެވެ.

ބައިވެރިވުމުގެ ޝަރުޠު

  1. މި މުބާރާތުގައި މީގެކުރިން ބައިވެރިވެފައި ނުވުން.
  2. 25 އަހަރު ފުރިފައިނުވާ ފިރިހެނަކު ކަމުގައިވުން.
  3. ރާއްޖޭގެ މަޝްހޫރު ޤާރީއެއްކަމުގައި ނުވުން.

މުބާރާތުގައި ބައިވެރިވެވޭނެ ގޮފިތައް

  1. ކީރިތި ޤުރްއާނުގެ ކަލިމަތައް ތަފްސީރާއެކު އެނގި މުޅި ޤުރްއާން ތަޖުވީދުގެ މަގުން ކިޔެވުމުގެ ގޮފި.
  2. މުޅި ޤުރްއާން ހިތުދަސް ވުމާއެކު ތަޖްވީދުމަގުން ކިޔެވުމުގެ ގޮފި.
  3. ވިދިވިދިގެން (ތަރުތީބުން) 15 ފޮތް ހިތުދަސް ވުމާއެކު ތަޖްވީދުމަގުން ކިޔެވުމުގެ ގޮފި.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ 3 ބައިވެރިއަކު ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުޠު ހަމަވާ ފަރާތްތަކުން 2016 އޭޕްރީލް 30 ވަނަަ ދުވަހުގެ 13:30 ގެ ކުރިން ބައިވެރިވުން އެދި ޤުރުއާނާބެހޭ މަރުކަޒަށް ސިޓީ ނުވަތަ ފެކްސް ފޮނުއްވުން އެދި ދަންނަވަމެވެ.

ނޯޓު: މި މުބާރާތުގައި ލޯފަން ކުއްޖެއް ނުވަތަ 16 އަހަރުން ދަށުގެ ކުއްޖަކު ބައިވެރިވާނަމަ ބެލެނިވެރިއަކަށްް އޭނާއާއެކު ދެވޭގޮތަށް ވަނީ ހަމަޖެހިފައިވެއެވެ.

07 ޖުމާދަލްއާޚިރާ 1437       

16 މާރިޗު 2016
ހޯދާ