މަޤާމު: ހެލްތު އޮފިސަރ
|
މަޤާމުގެ ރޭންކް: MS3
|
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ/ ސީނިއަރ ޓެކްނިކަލް އޮފިސަރ، ގްރޭޑް 1
|
ބޭނުންވާ އަދަދު: 1 (އެކެއް)
|
މަޤާމުގެ ގިންތި: ދާއިމީ
|
މުސާރަ: -/7035 ރުފިޔާ
|
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
|
އެހެނިހެން ޢިނާޔަތް:
|
ހަމަޖައްސާފައިވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ލިބިދެވޭ ޢިނާޔަތްތައް.
|
މަޤާމު އޮތް އޮފީސް:
|
މަކުނުދޫ މަދަރުސާ / ހދ. މަކުނުދޫ
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:
|
އެކަޑަމިކް ސެކްޝަން
|
މަޤާމުގެ ނަންބަރު:
|
188-D/22/2016/9
|
މަޤާމުގެ ޝަރުޠުތައް:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ޚުލާޞާ:
|
- ދަރިވަރުންނަށާއި، ސްޓާފުންނާއި، ބެލެނިވެރިންނަށް އަމާޒުކޮށްގެން ޞިއްޙީ ޕްރޮގްރާމްތައް ރާވައި ހިންގުން.
- ދަރިވަރުންގެ ހެލްތު ޗެކްއަޕް ޕްރޮގްރާމް ރާވައި ހިންގުން.
- ސުކޫލުގެ އިމާރާތްތަކާއި، ގޯތިތެރެއާއި، ފާޚާނާތަކުގެ ސާފުތާހިރުކަން ދުވަހުން ދުވަހަށް ޗެކްކުރުން.
- ޞިއްޙީ މައްސަލަތައް ހުންނަ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކޮށް އެހީތެރިވެދިނުން.
- ދަރިވަރުންނަށް ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުން.
- ކުރިއަށްއޮތް އަހަރު ސްކޫލް ހެލްތު ޕްރޮގްރާމް ހިންގާނެގޮތުގެ ތާވަލު ތައްޔާރުކުރުން.
- ސްކޫލުގައި ދަރިވަރުންނަށް ހިންގާ ޞިއްޙީ ޕްރޮގްރާމްތައް ހިންގުމާއެކު، އެ ޕްރޮގްރާމްތަކުގެ ލިޔެކިޔުންތައް ގަވާއިދުން ތައްޔާރުކޮށް ބެލެހެއްޓުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިޔުކޮށްގެން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސްކޫލުގެ އިދާރާއިންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހައި، ސޮއިކޮށްފައިވާ އަސްލު)
- ވަޒިފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހައި، ސޮއިކޮށްފައިވާ އަސްލު)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" (ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް މި ފޯމު ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ. އެކަމަކު، މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ، މި ފޯމު ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)
- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން، ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ ލިޔުންތަކަކަށް ވާން ޖެހޭނެއެވެ.)
- ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނެ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން އެޓެސްޓްކޮށް، ތައްގަނޑު ޖަހާފައިވާ)
|
ސުންގަޑި:
|
2016 މާރިޗު 28 ވާ ހޯމަދުވަހުގެ މެންދުރު 12:00 ގެ ކުރިން ހދ. މަކުނުދޫ މަދަރުސާގެ އޮފީހަށް.
|
އިންޓަވިޔު އޮންނާނެ ތަން:
|
މަކުނުދޫ ސްކޫލުގައި
|
އިންޓަވިޔު އޮންނާނެ ތާރީޚު:
|
2016 މާރިޗު 29 އާއި 31 އާ ދެމެދުގައި
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6520529 ނަންބަރު ފޯނަށެެވެ.
|