މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
އެސިސްޓެންޓް ފަންޑް އެކައުންޓެންޓް

ވަޒީފާގެ ފުރުޞަތު

މަޤާމު:         އެސިސްޓެންޓް ފަންޑް އެކައުންޓެންޓް

ބޭނުންވާ އަދަދު:   1

މުސާރަ:        10,000.00ރ

އެލަވަންސް:     ނޮންޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން -/3،500 ރުފިޔާއާއި، މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް އެޓެންޑެންސް އެލަވަންސްގެ ގޮތުގައި -/50 ރުފިޔާ، އަދި މި އޮފީހުގެ ބޯޑުން ނިންމަވާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދެވޭނެއެވެ.  

ފެންވަރު ނުވަތަ ޝަރުޠު:

  1. އެކައުންޓިންގގެ ދާއިރާއިން ދަށްވެގެން ޑިޕްލޮމާއެއް ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  2. އޭ.ސީ.ސީ.އޭ ,(ACCA) ސީމާ, (CIMA)  ސީ.ޕީ.އޭ , (CPA) ނުވަތަ އައި.އެފް.އޭ.ސީ (IFAC) ގަބޫލުކުރާ އެކައުންޓިންގގެ ސެޓްފިކޭޝަނެއް ހާސިލުކުރުމަށް ކިޔަވަމުންދާ ފަރާތެއްކަމުގައިވުން.
  3. މަޤާމުގެ މަސަތްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  4. މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަންސް އަދި ކުއިކްބުކްސް ސޮފްޓްވެއަރ ބޭނުންކުރަން އެނގުން.
  5. ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މާރިޗު 24 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި މި މަޤާމުގެ ވަޒީފާ ބަޔާން މިއޮފީހުގެ ވެބްސައިޓް www.pension.gov.mv/downloads/tor އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި މަޤާމަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 1441

ފެކްސް: 3307759

އީމެއިލް: [email protected]

 

14 މާރިޗު 2016
ހޯދާ