ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު: ސަޕޯޓް ސްޓާފް
ބޭނުންވާ އަދަދު: 01
ރޭންކް: އެސް. އެސް 1
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
މުސާރަ: -/3100 ރުފިޔާ
ސަރވިސް އެލަވަންސް: -/1000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް
ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް / އެޑްމިން ޔުނިޓް
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1. ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ މޭޒު، ގޮނޑި ފަދަ ތަކެތި ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރުން
2. ޑިޕާޓްމަންޓުގެ ފަރާތުން އެކިއެކި އޮފީސްތަކަށާއި ފޮނުވަންޖެހޭ ސިޓީ ފަދަ ތަކެތި އެފަރާތްތަކަށް ރައްދުކުރުން
3. ޑިޕާޓްމަންޓުގެ ފަރާތުން ބާއްވާ އެކިއެކި ބައްދަލުވުންތަކަށް ކޮފީ/ސައި/ޖޫސް ތައްޔާރުކުރުން
5. ޑިޕާޓްމަންޓުގެ އޮފީހާއި ފާޚާނާތަކުގެ ސާފުތާހިރުކަން ބެލެހެއްޓުން
ޝަރުޠު:
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.
އިންޓަރވިއު ކުރުން.
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 27 – 30 މާރިޗު 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާނެއެވެ. އަދި މީގެ އިތުރުން ސިވިލް ސަރވިސް ކޮމޝަނުގެ ވެބްސައިޓުން އަދި އެދުރުހިޔާގެ 9 ވަނަ ފަންގިފިލާ (ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް) އިން ލިބިވަޑައިގަންނަވާނެއެވެ.
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު).
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް / މއ. އެދުރުހިޔާ (9 ވަނަ ފަންގިފިލާ).
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 24 މާރިޗު 2016 ވަނަ ދުވަހުގެ 13:30 ގެ ކުރިން.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ޑިޕާޓްމަންޓުގެ ނަންބަރު 3341220 ފޯނަށް ގުޅުއްވުން އެދެމެވެ.