ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު: |
||
މަޤާމް: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
|
ވަޒީފާގެ ގިންތި: |
ދާއިމީ |
|
މަޤާމުގެ ރޭންކް: |
ޖީ. އެސް. 3 |
|
މަޤާމުގެ ކްލެސިފިކޭޝަން: | އޮފިސަރ ގްރޭޑް 1 | |
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މުސާރަ: |
މަހަކު -/4،465 ރުފިޔާ |
|
ސަރވިސް އެލަވަންސް: މަހަކު -/1500ރ |
މަހަކު -/1،500 ރުފިޔާ |
|
ވަޒީފާ އަދާކުރާ ސެކްޝަން: |
އެޑްމިނިސްޓްރޭޝަން ސެކްޝަން |
|
މަސައްކަތްކުރަން ހަމަޖެހިފައިވާ ތަނާއި ރަށް: |
މޮޅަދޫ ސްކޫލް، ހއ. މޮޅަދޫ |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: ހ- މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން. ށ- މުވައްޒަފުންގެ ޗުއްޓީގެ ރިކޯޑު ބެލެހެއްޓުން. ނ- މުވައްޒަފުންގެ ޕަރސަނަލް ފައިލުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން. ރ- ސްކޫލަށް ލިބޭ ސިޓީ މެސެޖުތައް އެންޓްރީކޮށް ފައިލުކުރުން. ބ- އެކިއެކި އޮފީސްތަކަށާއި އަމިއްލަ ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވުމުގެ މަސައްކަތްކުރުން. ޅ- ފައިސާގެ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ސްކޫލަށް ލިބޭ ފައިސާ ބަލައިގަތުން. ކ- އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުން. އ- އިންވެންޓްރީއާއި ސްޓޮކް ބެލެހެއްޓުން. ވ- މަތީގައިވާ ކަންކަމުގެ އިތުރުންވެސް، ސްކޫލުން އަންގާ އެކިއެކި ކަންތައް ކުރުން. |
||
މަޤާމުގެ ޝަރުޠު: 1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
||
ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންކަން:
|
||
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން:
|
||
ހުށަހަޅަންޖެހޭ ލިޔުންތައް: ހ- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.) ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ރަސްމީ އިދާރާއަކުން އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖެހުމަށްފަހު) ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް. ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) |
||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: މި މަޤާމަށް އެދޭ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، 2016 މާރިޗު 28 ވަނަ ދުވަހުގެ 13:00 ގެ ކުރިން، މި ސްކޫލަށް ހުށަހެޅުން އެދެމެވެ. |
||
އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ހޯދުމަށް މި ސްކޫލުގެ 6500561 ނަންބަރު ފޯނަށް ރަސްމީގަޑީގައި ގުޅުން އެދެމެވެ. |
||
4 ޖުމާދަލްއާޚިރާ 1437 |