ދިވެހިރާއްޖެ
މާލޭގަ އުފެދޭކުނިވާޒާތުގެ ކުނި ތިލަފުއްޓަށް އުފުލަދޭނެ ފަރާތެއް ހޯދުން
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
މި ކޯޕަރޭޝަނުން ކުރިއަށްގެންދާ ވޭސްޓް މެނޭޖްމަންޓް މަސައްކަތުގެ ތެރޭގައި އުފެދޭ ކުނިވާޒާތުގެ ކުނި މާލެއިން ތިލަފުށްޓަށް އުފުލައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 21 މާރިޗު 2016 ވާ (ހޯމަ) ދުވަހުގެ 10:00 އަށް މި ކޯޕަރޭޝަންގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 މާރިޗު 2016 ވާ (ބުރާސްފަތި) ދުވަހުގެ 10:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. އަދި ބީލަން ހުށަހަޅަންވާނީވެސް ތިރީގައި ބަޔާންކޮށްފައިވާ އެޑްރެހަށެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ
މަޖީދީމަގު
ޕޯސްޓަލްކޯޑް: 20161
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 3000581
ފެކްސް ނަންބަރު: 3000584
05 ޖުމާދަލްއާޚިރާ 1437