ދިވެހިރާއްޖެ
އިޢުލާން
ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގެ "މައިދޫ" ލޯންޗާއި އެލޯންޗުގައި އަޅާފައިވާ 2 އިންޖީނު އަދި "ސަލާމް" ލޯންޗުން ނަގާފައިވާ 02 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުން
މިއިދާރާގެ ނަންބަރު: (IUL)231-AH/231/2016/12 (16-02-2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އެކަމަށް އެދި ހުށަހަޅާފައިނުވާތީ، "މައިދޫ" ލޯންޗާއި، ލޯންޗުގައި އަޅާފައިވާ 2 އިންޖީނު އަދި "ސަލާމް" ލޯންޗުން ނަގާފައިވާ 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް 3 ވަނަފަހަރަށް އިޢުލާނު ކުރީމެވެ.
ލޯންޗާއި އިންޖީނާބެހޭ މަޢުލޫމާތު
ނީލަން ނަންބަރު |
ބާވަތް (އިތުރު ތަފުސީލާއެކު) |
01 |
01 ލޯންޗް ގަލްފް ކްރާފްޓް ދިގުމިން: 10.970 މީޓަރ ފުޅާމިން: 2.990 މީޓަރ ފުންމިން: 1.350 މީޓަރ ގްރޮސްޓަނޭޖް: 4.950 މީޓަރ ލޯންޗުގެ ބާވަތް: ފައިބަރ އިންޖީނުގެ ހަކަތައިގެ ބާވަތް: ޕެޓްރޯލް އޮޑީ ނަންބަރު: 0110T39 ދުއްވަންފެށި ތާރީޚު: 24 ޑިސެންބަރު 2002 މީހުން އުފުލޭ އަދަދު: 22 ރަޖިސްޓަރީ ނަންބަރު: G3341A-02 02-G މި ލޯންޗު މަރާމާތުކޮށް ނިމިގެން ބައިލާން ތައްޔާރުވެފައި އިންޖީނުގެ މަޢުލޫމާތު 2 އިންޖީނު ޔަމަހާ ޓޫސްޓްރޯކް 200 ހޯސްޕަވަރގެ 1 އިންޖީނުގެ ގިއަރ މައްސަލަ ޖެހިފައި 1 އިންޖީނު ރަނިން ކޮންޑިޝަންގައި ލޯންޗާއި 2 އިންޖީނު ހުރިތަން ތިލަފުށީ ގަލްފް ކްރާފްޓް ސަރވީސް ސެންޓަރގެ ސައިޓްގައި |
02 |
02 އިންޖީނު ޔަމަހާ ޓޫސްޓްރޯކް 200 ހޯސްޕަވަރގެ (ސަލާމް ލޯންޗުން ނަގާފައި) 01 އިންޖީނު ޕިސްޓަން ހަލާކުވެފައި، އަނެއް އިންޖީނު ރަނިންގ ކޮންޑިޝަންގައި |
މައިދޫ ލޯންޗާއި ލޯންޗުގެ 2 އިންޖނުގެ ނީލަންފެށޭ އަގަކީ -/500000 (ފަސްލައްކަ) ރުފިޔާއެވެ. ނީލަމަށް މަދުވެގެން އިތުރުކުރެވޭނީ، ފަހަރަކު -/1000 (އެއްހާސް) ރުފިޔާއެވެ.
ސަލާމް ލޯންޗުން ނަގާފައިވާ 2 އިންޖީނުގެ ނީލަން ފެށޭ އަގަކީ -/100000 (އެއްލައްކަ) ރުފިޔާއެވެ. ނީލަމަށް މަދުވެގެން ފަހަރަކު އިތުރުކުރެވޭނީ، ފަހަރަކު -/1000 (އެއްހާސް) ރުފިޔާއެވެ.
ކޮންމެ ދުވަހަކުވެސް ހުށަހެޅޭ އެންމެ މަތީއަގު އެދުވަހެއްގެ 13:00 ގެ ފަހުން މިއިދާރާގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ރަސްމީ ބަންދު ދުވަސް ފިޔަވައި ޖެހިޖެހިގެން 3 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ، އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެލެއްވުމަށް އެދިލައްވާ ފަރާތްތަކުން 17 މާރިޗު 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ލިޔުމަކުން އަގު ހުށަހެޅުއްވުން އެދެމެވެ. މިއިދާރާގެ ފެކްސް ނަންބަރަކީ 6620043 އެވެ. އީމެއިލް [email protected] އެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ 6620261 ފޯނަށް ގުޅުއްވުން އެދެމެވެ.
28 ޖުމާދަލްއޫލާ 1437