އދ. އޮމަދޫ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

އިޢުލާން


އެޑްމިނިސްޓްރޭޓަރގެ ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ގްރޭޑް 3

މަޤާމުގެ ރޭންކް:

އެމް. އެސް. 3

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އޮތް އޮފީސް:

އދ. އޮމަދޫ ސްކޫލް

ސެކްޝަން:

އެޑްމިނިސްޓްރޭޝަން

މުސާރަ:

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

މަޤާމާ ގުޅޭ ދާއިރާތައް:

  • އެކަންޓިންގ
  • ފައިނޭންސް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް
  • ސްކޫލް މެނޭޖްމަންޓް
  • ކިޔަވައިދިނުމުގެ ދާއިރާ
  • އިންފޮމޭޝަން ޓެކްނޮލޮޖީ
  • ހިއުމަން ރިސޯސެސް މެނޭޖްމަންޓް

 

 

 

މަޤާމުގެ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ  ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛  
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  5. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތައް:

1. ސަރުކާރުގެ ފައިސާއާބެހޭ އާންމު ގަވާއިދުތަކާއި ހަމަތަކުގެމަތިން ސްކޫލަށް ބޭނުންވާ ހުރިހާ ޚަރަދުތަކެއް ކުރަމުން ގެންދެވޭގޮތް ބެލުމާއެކު، މި ޚަރަދުތައް ކުރެވޭގޮތާއި ޚަރަދުތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.

2- އެ އަހަރަކަށް ހަމަޖެހިފައިވާ ބަޖެޓުން ޚަރަދުތައް ހަމަޖެއްސޭތޯ ބެލުމުގެގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރުން.

3- ސްކޫލުގެ ބަޖެޓަށް ބޭނުންވާ ފައިސާ ބަޖެޓަށް އިތުރުކުރުމުގެގޮތުން ނުވަތަ އެއް އައިޓަމުން އަނެއް އައިޓަމަށް ބަދަލުކުރުމުގެގޮތުން ކުރަންޖެހޭ ކަންތައްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ކުރުން.

4- ސްކޫލުގެ މުވައްޒަފުންނާއި ޓީޗަރުންނަށް މުސާރައާއި އެހެނިހެން ފައިސާ ދިނުމާ ގުޅޭގޮތުން، ވެރިއެއްގެ ހައިސިއްޔަތުން ބަލަހައްޓަންޖެހޭ ކަނތައްތައް ބެލެހެއްޓުން.

5- ކުރިޔަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުން.

6- ސްކޫލުގެ އިދާރީ ކަންކަމާ ގުޅޭ މަސައްކަތްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ހިންގުމާއި، އެކަންކަން ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުން.

7- ކިޔަވައިދިނުމާ ސީދާ ގުޅުމެއްނެތް އެންމެހައި މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން.

8- ސްކޫލަށް ހޯދޭ މުދަލާއި ތަކެތީގެ އިންވެންޓްރީއާއި ސްޓޮކްގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

9- ސްކޫލުގެ އެންމެހައި އިމާރާތްތައް މަރާމާތުކުރުވުމާއި ބެލެހެއްޓުން.

10- ސްކޫލުގެ އެންމެހައި އިމާރާތްތަކާއި ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުން.

11- ސްކޫލުގެ އިމާރާތްތަކާއި ތަކެތި އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

ހ- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ، އިންޓަވިއު ކުރުމަށް ފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނީ، އދ އޮމަދޫ ސްކޫލުގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ބަންދު ނޫން ކޮންމެ ދުވަހަކު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، އދ އޮމަދޫ ސްކޫލުގެ އޮފީހަށް ނުވަތަ [email protected] އީ-މެއިލް އެޑްހަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިންނެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، އދ އޮމަދޫ ސްކޫލުގެ 6680840 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

5 ޖުމާދަލްއާޚިރާ 1437

14 މާރިޗު 2016
ހޯދާ