ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
ކެންޓީނު ހިންގާނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ސްކޫލުގެ ކެންޓީނު ހިންގާނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު GS43-B/2016/02ފ(02 ފެބުރުވަރީ 2016) އިޢުލާން ބާޠިލުކޮށް، އިތުރަށް ފުރުޞަތު ހުޅުވާލަމެވެ.

މި ސްކޫލުގެ ކެންޓީނު ކުއްޔަށް ދީފައިވާ މުއްދަތު 30 އެޕްރީލް 2016 ވަނަ ދުވަހަށް ހަމަވާތީ 01 މޭ 2016 ވަނަ ދުވަހުން ފެށިގެން ކެންޓީނު ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. 

01 ޖުމާދަލްއާޚިރާ 1437

10 މާރިޗު 2016
ހޯދާ