ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގަށް އަރާ އަދި މަގަށް ދަތިވާގޮތަށް ހުރި ރުއްގަހުގެ ވެރިން ހޯދުމާބެހޭ

އިޢުލާން

މަގަށް އަރާ އަދި މަގަށް ދަތިވާ ގޮތަށް ހުރި ރުއްގަހުގެ ވެރިން ހޯދުމާބެހޭ

މިރަށުގެ ދެކުނުފަރާތު އަވަށުގެ ބޭރުން އޮންނަ ދެކުނުމަގުގައި ސާހިލް ގޯއްޗާ ހިސާބުން ފެށިގެން ޑޭޒީމަގާ ހަމައަށް ހުރި ރުއްގަހުގައި ފިޔާތޮށިކުލައިގެ ދަވާދުން 1 އިން 57 އަށް ވާނީ ނަންބަރު ޖަހާފައެވެ. އަދި ހަވީރީ ހިނގުމުގައި މަސްތަކާގޭ އުތުރުން ފެށިގެން މާކޯނި ގޯއްޗާ ހަމައަށްހުރި ރުއްގަހުގައި 1 އިން 12 އަށް ފިޔާތޮށިކުލައިގެ ދަވާދުން ވާނީ ނަންބަރު ޖަހާފައެވެ.

ވީމާ، މިރުއްގަހުގެ ވެރިފަރާތްތަކުން އެފަރާތެއްގެ ރުއްގަހުގައި ޖަހާފައިވާ ނަންބަރާއެކު އެރުކަކީ އެފަރާތެއްގެ ރުކެއްކަން ދަންނާނެ ދެހެކިންގެ ނަމާއި، އެޑްރެސް އެނގޭނެހެން (ހެކިން ނެތްނަމަ އެކަންވެސް ބަޔާންކުރައްވައި) 21 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މިމުއްދަތުގައި ވެރިފަރާތުގެ މަޢުލޫމާތު ހުށަނާޅާ ރުއްގަސް ނީލަން ކިޔުމަށްފަހު އެރުއްގަސް ކެނޑުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. މިރުއްގަހުގެ ވެރިން ހޯދުމަށް މީގެކުރިންވެސް މިއިދާރާގެ ނަންބަރު (24-8-2015) IUL)394/394/2015/28) އާއި، (IUL)394/394/2015/31 (13-9-2015) އާއި، (1-11-2015) IUL)394/394/2016/3) މި 3 އިޢުލާނުން ޢާންމުކޮށްފައިވާ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

27 ޖުމާދަލްއޫލާ 1437

07 މާރިޗު 2016
ހޯދާ