ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މާލެ ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމަށް އެމް.ޕީ.އެލް ސަރަޙައްދުގައި (މީރުބަހުރު ބަނދަރުން ވަންނަގޮތަށް) ބޭނުންކުރަމުންދާ އުފުލިތަކަށް ގެންނަ ކުނިން ޓްރާންސްފަރ ފީއެއް ނެގުމާގުޅޭ

އިޢުލާން

މާލެ ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމަށް އެމް.ޕީ.އެލް ސަރަޙައްދުގައި (މީރުބަހުރު ބަނދަރުން ވަންނަގޮތަށް) ބޭނުންކުރަމުންދާ އުފުލިތަކަށް ގެންނަ ކުނިން 2016 އެޕްރީލް 15 ވަނަ ދުވަހުން ފެށިގެން ޓްރާންސްފަރ ފީއެއް ނެގުމަށް ހަމަޖެހިފައިވާ ވާހަކަ ޢާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ. މިގޮތުން ފީ ނެގޭނީ، ކުނި ގެންނަ އުޅަނދުގެ ޓަނޭޖަށް ބަލައި، ކޮންމެ ޓަނަކަށް -/200 ރުފިޔާގެ ރޭޓުންނެވެ. 2016 އެޕްރީލް 15 އިން ފެށިގެން އެމް.ޕީ.އެލް ސަރަޙައްދަށް ކުނި އުކާލުމަށް އަންނަ އުޅަނދުތަކަކީ މިކޯޕަރޭޝަންގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދުތަކަށް ހެދުމަށްޓަކައި 2016 މާރިޗު 20 އިން ފެށިގެން ރަޖިސްޓަރީކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މިކަމާބެހޭ އިތުރު ތަފުސީލު މި ކޯޕަރޭޝަންގެ ވެބްސައިޓް www.wamco.com.mv އިން ލިބިވަޑައިގަންނަވާނެއެވެ.

04 ޖުމާދަލްއާޚިރާ 1437

13 މާރިޗު 2016
ހޯދާ