ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޕްރޮގްރާމަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ކޮންޕިއުޓަރ ޕްރޮގްރާމަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: އެމް. އެސް. 1

މުސާރަ:

މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/ 2،000 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް:

މުސާރައިގެ %35 ދެވޭނެ

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން:

އެޑްމިން އެންޑް އައިޓީ ޔުނިޓް

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޤައުމީ އަރުޝީފަށް ބޭނުންވާ ICT ސްޓްރެޓެޖިކް ޕްލޭން ތަރައްޤީކޮށް ހިންގުން.
  2. ޤައުމީ އަރުޝީފުގެ ސިސްޓަމް ތަރައްޤީކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދައި، ކަމާބެހޭ ރިޕޯޓް ތައްޔާރުކުރުން.
  3. ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ ލިންކު ޤާއިމްކޮށް ބެލެހެއްޓުން.
  4. ޤައުމީ އަރުޝީފުގެ ޚިދުމަތްތަކާބެހޭ ނެޓްވާރކް ޤާއިމްކޮށް ބެލެހެއްޓުމާއި، އެކަމާބެހޭ ޤަވާއިދުތައް ހިންގުން.
  5. ކޮމްޕިއުޓަރުތަކަށް ސޮފްޓްވެއަރ އެޅުމާއި، ކޮންފިގަރކުރުމާއި، ކޮމްޕިއުޓަރ ސިސްޓަމްތަކާއި ނެޓްވާރކް މެއިންޓެއިންކޮށް ބަލަހައްޓައި، އައި.ޓީ. ދާއިރާއިން ސްޓާފުންނަށް ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުން.
  6. ސިސްޓަމާއި ނެޓްވާރކް ޓްރަބަލް ޝޫޓްކޮށް ބެލެހެއްޓުމާއި، ހާރޑްވެއަރއާއި، ސޮފްޓްވެއަރއާއި، ފިންގަރޓެކް ސިސްޓަމް ސޮފްޓްވެއަރއަށް ދިމާވާ މައްސަލަތައް ޙައްލުކުރުން.
  7. ނޭޝަނަލް އާކައިވްގެ ވެބަސައިޓް ތަރައްޤީކޮށް ބެލެހެއްޓުމާއި، އަޕްޑޭޓްކުރުމުގެ ކަންތައް ކޯޑިނޭޓްކުރުން.
  8. ޤައުމީ އަރުޝީފުގެ ވެބްސައިޓުގެ ޑިސްކްލެއިމަރގެ ދައުރު އަދާކުރުމާއި، އަރުޝީފުގެ ސަރވަރ (ނަސް) ބެލެހެއްޓުމާއި، އޮފީހުގެ ކޮމްޕިއުޓަރ ނެޓްވާރކް ބެލެހެއްޓުން.
  9. ނެޓްވާރކް އެޕްލިކޭޝަންސް ބޭނުންކޮށްގެން ސިސްޓަމާއި ޔޫސަރއިންނަށް އެހީތެރިވުމާއި، އައު އެޕްލިކޭޝަންތަކަށް ސަޕޯޓް ފޯރުކޮށްދިނުމާއި، ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި އެކަންކަން ނިންމުމާއި، އޮފީހުގެ ކޮމިއުނިކޭޝަން އިކްވިޕްމަންޓްތަކާއި ފޯންލައިންތައް ބެލެހެއްޓުން.
  10. ޖެމްސްއާ ގުޅޭ ޚިދުމަތްތަކާއި އިންޓްރާނެޓަށް ބޭނުންކުރުމަށް މުވައްޒަފުންނަށް އެހީތެރިވެދިނުމާއި، ދިމާވާ މައްސަލަތައް ޙައްލުކުރުން.
  11. ހަވާލުކުރެވިފައިވާ މަސައްކަތް ނިމެންދެން މަސައްކަތް ކުރިއަށްގެންދިއުން ނުވަތަ އެދެވިގެންވާގޮތެއްގެމަތިން އިތުރު ފަރާތަކާ މަސައްކަތް ހަވާލުކުރުން.
  12. އައިޓީގެ ދާއިރާ ކުރިއެރުވުމަށްޓަކައި އިތުރު މަޢުލޫމާތު އެއްކުރުމާއި، އައު ޓެކްނޮލޮޖީ ތަޢާރަފްކުރުމާއި، އައިޓީގެ ދާއިރާއިން ދިމާވާ ކުއްލި މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުއެޅުން.
  13. ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓުގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމާއި، ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި، އޮފީހުގެ ފަރާތުން ރާވައި ހިންގާ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލުކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން.
  14. އިސްވެ ބަޔާންކުރެވުނު މަސައްކަތްތަކުގެ އިތުރުން، އެހެން ސެކްޝަންތަކުގެ މުވައްޒަފުން މަދުވެގެން، ވެރިން ހަވާލުކުރައްވާ މަސައްކަތްތަކާއި،  އޮފީހުގެ  އެންމެން  ގުޅިގެން  ކުރާ  ޚާއްޞަ  މަސައްކަތްތަކުގައި  ބައިވެރިވެ،  ހަމަޖެހިފައިވާ އުސޫލުން އެ މަސައްކަތްތައް ކުރުން.

 

 

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

4- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ އިންސައްތަ %30 އަށްވުރެ މަތިވުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޤައުމީ  އަރުޝީފުން ލިބެން ހުންނާއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

- ވަޒީފާއަށް އެދޭ ފޯމު ހުށަހަޅާނީ، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 21 ވާ ހޯމަދުވަހުގެ 12:00 އެވެ.

އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި، އޮންނާނެ ތަން:

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގައެވެ.

ނޯޓު:

މި ވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3349312 ނަންބަރު ފޯނަށް ނުވަތަ 3349311 ނަންބަރު ފޯނަށެވެ.

1 ޖުމާދަލްއާޚިރާ 1437

10 މާރިޗު 2016
ހޯދާ