އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޑެސްކު ގަންނަން
ކުޑަކުދިންގެ ޑެސްކު ގަންނަން ބޭނުންވެއްޖެ
ކުޑަކުދިންގެ ކިޔެވުމަށް ބޭނުންކުރާ، ތިރީގައިވާ ދަންނަވާފައިވާ ސްޕެސިފިކޭޝަންގެ 10 ޑެސްކު މި ސްކޫލަށް ގަންނަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު GS80/IUL/2016/07ފ(03 މާރިޗު 2016) އާ ގުޅިގެން އެއްވެސް ފަރާތަކުން އަގު (ކޯޓޭޝަން) ހުށަހަޅާފައިނުވާތީ، މި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
އަދަދު |
ތަފުސީލު |
10 |
ކުޑަކުދިންގެ މޭޒު (ޑެސްކު) 600x600x500 މމ. - ޕްލާސްޓިކް |
މުހިންމު މަޢުލޫމާތު
- ހުށަހަޅާ އައިޓަމުތަކުގެ ސްޕެސިފިކޭޝަން ހުންނަންވާނީ މި އިޢުލާނުގައި ބަޔާންކޮށްފައިވާ ފެންވަރަށެވެ.
- ވިއްކާ ތަކެތި މި ސްކޫލުން ޗެކްކުރާއިރު ސްޕެސިފިކޭޝަނަށް ނުފެތޭނަމަ އެ އެއްޗެއް ގަބޫލެއް ނުކުރެވޭނެއެވެ. އަދި އެ ތަކެތީގެ ބަދަލުގައި އިތުރު އަގަކާ ނުލައި ސްޕެސިފިކޭޝަނަށް ފެތޭ ތަކެތި މި ސްކޫލަށް ހޯދައިދޭންވާނެއެވެ.
- ތަކެއްޗަށް އަގު ދެވޭނީ ހުރިހާ އައިޓަމެއް މި ސްކޫލާ ހަވާލުކުރުމުންނެވެ.
- ވިއްކާ ތަކެތި އިތުރު އަގަކާ ނުލައި މި ސްކޫލަށް ޑެލިވަރކޮށްދިނުމަކީ ތަކެތި ވިއްކާ ފަރާތުން ކޮށްދޭންޖެހޭނެ ކަމެކެވެ.
- ހުށަހަޅާ އަގު 25 ދުވަސް ވަންދެން ކެންސަލްކޮށްގެން ނުވާނެއެވެ.
- ތަކެތި ގަތުމަށް ކަނޑައެޅޭނީ ތަކެތި ގަތުމަށް މި ސްކޫލުން ހުށަހަޅާތާ ގިނަވަގެން 20 ދުވަހުގެ ތެރޭގައި ތަކެތި ޑެލިވަރކޮށްދެވޭނެ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑައަގެއް ހުށަހަޅާ ފަރާތަކުން ތަކެތި ގަންނަ ގޮތަށެވެ.
- އަގު (ކޯޓޭޝަން) ހުށަހެޅުމުގެ ސުންގަޑިއަކީ 2016 މާރިޗު 17 ވާ ބުރާސްފަތި ދުވަހުގެ 11:00 އެވެ.
- އަގު ހުށަހަޅުއްވާނީ މި ސްކޫލަށެވެ. ނުވަތަ މި ސްކޫލުގެ އީމެއިލް [email protected] މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި ސްކޫލުގެ 6500548 ނަންބަރު ފޯނަށެވެ. ނުވަތަ މަތީގައި ދެންނެވިފައިވާ އީމެއިލް މެދުވެރިކޮށްވެސް އިތުރު މަޢުލޫމާތު ސާފުކުރެއްވޭނެއެވެ.
10 މާރިޗު 2016
ހޯދާ