މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަށާފާރު މަރާމާތު ކުރުމާއި، ގޯތިތެރެ ޒީނަތްތެރިކުރުން

އިޢުލާން

ދަރަވަންދޫ ކައުންސިލްގެ އިދާރާގެ ވަށާފާރު މަރާމާތު ކުރުމާއި، ގޯތިތެރެ ޒީނަތްތެރިކުރުން.

އަންދާސީހިސާބު ބޭނުންވެއްޖެ

މި އިދާރާގެ ނަންބަރު: IUL)318-PP/318/2016/9) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށްފެންނާތީ، އެ އިޢުލާނު ބާޠިލުކޮށް، ދަރަވަންދޫ ކައުންސިލްގެ އިދާރާގެ ގޯތިތެރޭގައި ތިރީގައި މިދަންނަވާ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

1) ގޯތީގެ ވަށާފާރުގެ ބައެއް ރާނައި އަދި ބައެއް މަރާމާތުކޮށްދިނުން.

2) ގޯތިތެރޭގައި ހިނގާ މަގުތައް ހަދައި ގާ އަތުރައިދިނުން.

3) ގޯތިތެރޭގައި ގަސް އިންދައި ބެޑްތައް ރާނައި ވެލި އަޅައިދިނުން.

4) ދިދަދަނޑީގެ ބުޑާއެކު ދިދަދަނޑި ހަރުކޮށްދިނުން.

5) އޮފީހުގެ 3 ގޭޓު ހަދައި ހަރުކޮށްދިނުން.

6) ގާޑް ޕޯސްޓް ހަދައިދިނުން.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މި ދަންނަވާ ތާރީޚަށް މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 މާރިޗު 17 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް

2016 މާރިޗު 24 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ ދަރަވަންދޫ ކައުންސިލުގެ އިދާރާގެ މީޓިންގރޫމުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ދުވަސްތަކުގައި ރަސްމީގަޑީގައި 0002 660 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

08 މާރިޗު 2016
ހޯދާ