މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓު އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ރ.އިނގުރައިދޫ ބަށިކޯޓު އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

ރ.އިނގުރައިދޫ ބަށިކޯޓު އެޅުމުގެ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މާކްސް ދެވޭނެ ގޮތުގެ ތަފުސީލު

ފޯމިއުލާ

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސް ދެވޭ ކްރައިޓީރިއާ

(Benchmark Price / Submitted Price) x Allocated Percentage

  • ތަކެތީގެ ނުވަތަ ޚިދުމަތުގެ އަގަށް ދޭ މާކްސް
  • މާކްސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

80%

އަގު

( Submitted years of experience / Benchmark  years  ) x Allocated Percentage

  • ހަވާލުކުރެވޭ މަސައްކަތް ނިންމާ މުއްދަތަށް ދޭ މާކްސް
  • މާކްސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށް

15%

މުއްދަތު

(Profile marks / Benchmark Profile marks) x Allocated Percentage

  • ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ގިނަ މަސައްކަތް ކޮށްފައިވާ ފަރާތަކީ  ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މަސައްކަތެއް މެދުގައި ލިބޭ % އެއް
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ ޕްރޮފައިލްގައި އެންމެ ގިނަ މަސައްކަތްތައް ހުށަހަޅާފައިވާ ފަރާތަކަށެވެ.

5%

ޕްރޮފައިލް

ވީމާ، ރ.އިނގުރައިދޫ ބަށިކޯޓު އެޅުމުގެ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 10:15 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 10:15 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ މުއްދަތު ހަމަނުވާ އައި.ޑީ.ކާޑު ގެންނެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. މަޢުލޫމާތު ސާފުކުރައްވަން އަދި ބިޑް ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާ ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއި، އައި.ޑީ.ކާޑުގެ ކޮޕީ ހުށަހެޅުއްވުމަށް އެދި ދެންނެވީމެވެ. މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. ހުށަހަޅާ އަންދާސީހިސާބުގެ ބޭރުގައި " ބަށިކޯޓގެު މަސައްކަތްކުރުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ޖުމާދަލްއޫލާ 1437

09 މާރިޗު 2016
ހޯދާ