ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތަކާ އެއްގޮތަށް 2016 ވަނަ އަހަރުގެ ޕްރޮކިއުމެންޓް ރިކުއިޒިޝަން ފޮތްތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)MMPRC-HAS/1/2016/9)ފ(28 ފެބުރުވަރީ 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ މި ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މާރިޗު 17 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މާރިޗު 23 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މި ކޯޕަރޭޝަނަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
01 ޖުމާދަލްއާޚިރާ 1437