ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަމްރީނު ޕްރޮގްރާމްތަކާއި ޚިދުމަތްތައް ކޯޑިނޭޓްކޮށް ހިންގައިދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ރަށުގައި ޤާއިމުކޮށްފައިވާ ކޮމިއުނިޓީ އީ- ސެންޓަރ (ސީ.އީ.ސީ) ގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، އައި. ސީ. ޓީ. އަށް އަހުލުވެރިކުރުވުމުގެ ތަމްރީނު ޕްރޮގްރާމްތަކާއި ޚިދުމަތްތައް ކޯޑިނޭޓްކޮށް ހިންގައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވަޒީފާގެ މުއްދަތު:

ވަޒީފާ ހަމަޖެހޭ ދުވަހުން ފެށިގެން 2016 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ ނިޔަލަށް.

ސީ. އީ. ސީ. ކޯޑިނޭޓަރަށް އެލަވަންސް ދޫކުރާނެ އުސޫލު:

(ހ) ކޮމިއުނިޓީ އީ- ސެންޓަރުގެ ކޯޑިނޭޓަރަށް ދިނުމަށް ކަނޑައަޅާ މުސާރައަކީ މަހަކު -/5500 ރުފިޔާ (ފަސްހާސް ފަސްސަތޭކަ ރުފިޔާ)

(ށ) -/5500 ރުފިޔާ (ފަސްހާސް ފަސްސަތޭކަ ރުފިޔާ) ދިނުމަށް ހަމަޖެހިފައިވަނީ އަންނަނިވިގޮތުގެ މަތިންނެވެ.

  • މަހަކު 2 ތަމްރީނު ޕްރޮގްރާމް ހިންގާފައިވާނަމަ: -/2000 (ދެހާސް) ރުފިޔާ (ކޮންމެ ތަމްރީނު ޕްރޮގްރާމަކަށް -/1000 (އެއްހާސް ރުފިޔާ)
  • މަހަކު 20 ދުވަހު އީ- ސެންޓަރ ހުޅުވައިގެން ޚިދުމަތްދީފައިވާނަމަ: -/3500 ރުފިޔާ (ތިންހާސް ފަސްސަތޭކަ ރުފިޔާ) (މަދުވާ ކޮންމެ ދުވަކަށް -/175 ރުފިޔާ އުނިކުރެވޭނެއެވެ.)

ސީ. އީ. ސީ. ކޯޑިނޭޓަރުގެ ކިބައިގައި ހުންނަންވާ ޝަރުޠު:

(ހ) އައި. ސީ. ޓީ. އާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

(ށ) ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އައި. ސީ. ޓީ. ނުވަތަ އައި. ސީ. ޓީ އާ ގުޅުންހުރި ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

(ނ) ކޮމްޕިއުޓަރާއި އިންޓަރނެޓް މުޅިން އަލަށް ބޭނުންކުރަން ފަށައިގަންނަ މީހުންނަށާއި، ކޮމްޕިއުޓަރާއި އިންޓަރނެޓް ބޭނުންކުރުމުގެ ހުނަރު އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ ފަރާތްތަކަށް ކިޔަވައިދިނުމުގެ ހުނަރު ލިބިފައިވުން.

ސީ. އީ. ސީ. ކޯޑިނޭޓަރުގެ މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ މިންގަނޑު:

(ހ) ތަޢުލީމީ ފެންވަރު %30

(ށ) މަސައްކަތުގެ ތަޖުރިބާ %25

(ނ) މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް %45

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 މާރިޗު 24 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ލިޔުމަކުން އެންގުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއާއެކު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި"ސީ. އީ. ސީ. ކޯޑިނޭޓަރުގެ މަޤާމަށް އެދި" މިގޮތަށް ލިޔަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6820020 ނަންބަރު ފޯނާއެވެ. އީމެއިލް ކުރާނީ، [email protected] އަށެވެ.

05 ޖުމާދަލްއާޚިރާ 1437

14 މާރިޗު 2016
ހޯދާ