ދިވެހިރާއްޖެ
އިޢުލާން
ހއ. އަތޮޅުގައި ބޭނުންކުރަމުންދާ އެމްބިއުލާންސްތައް މަރާމާތުކުރުމާބެހޭ
ހއ.އަތޮޅު ހޮސްޕިޓަލާއި، މިއަތޮޅުގެ ޞިއްހީ ޚިދުމަތްދޭ ބައެއް މަރުކަޒުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ މަރުކަޒުތަކުގެ އެމްބިއުލާންސް އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
* ހއ. އަތޮޅު ހޮސްޕިޓަލްގެ އެމްބިއުލާންސް
* ހއ. ފިއްލަދޫ ޞިއްހީމަރުކަޒުގެ އެމްބިއުލާންސް
* ހއ. ތުރާކުނު ޞިއްހީމަރުކަޒުގެ އެމްބިއުލާންސް
* ހއ. އުލިގަމު ޞިއްހީމަރުކަޒުގެ އެމްބިއުލާންސް
* ހއ. އުތީމު ޞިއްހީމަރުކަޒުގެ އެމްބިއުލާންސް
ވީމާ، މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 10:00 އަށް ހއ އަތޮޅު ހޮސްޕިޓަލްގެ އިދާރީއޮފީހަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 31 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ހއ. އަތޮޅު ހޮސްޕިޓަލުގެ އިދާރީއޮފީހަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.
05 ޖުމާދަލްއާޚިރާ 1437