ބ. ގޮއިދޫ ސްކޫލް، ބ. ގޮއިދޫ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން: މަސައްކަތު

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 3

ބޭނުންވާ އަދަދު: 2 (ދޭއް)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ބ. ގޮއިދޫ ސްކޫލް

މުސާރަ: މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާފަދަ ސިވިލް ސަރވިސްގެ ގަވާއިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ، ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބު:

  1. ކަނޑައެޅިފައިވާ ގަޑީގައި ޑިއުޓީކުރުން.
  2. ހަވާލުކުރެވިފައިވާ ކުލާސްތަކުގެ ތަޅުންގަނޑާއި ޑެސްކުތައް ފޮޅައި ސާފުކޮށް، ފާރުގައާއި ޑެސްކުގައި ނުވަތަ ބޯޑުގައި ކުރަހާފައިވާނަމަ ކުރަހާފައިވާ ތަކެތި ސާފުކުރުމާއި، ސްކޫލުގެ ފާރުތަކާއި، ދޮރާއި، ސީލިންގާއި، ބިއްލޫރިތަކާއި، ފަންކާއާއި، ބޮކި ފަދަ ތަކެތި ސާފުކުރުމާއި، ތަށިމުށި ޖަހާފައިވާ ކްލާހެއް ސާފުކުރާނަމަ، ދުވާލަކު އެއްފަހަރު މޮޕްލައި ސާފުކުރުން.
  3. ގޯތިތެރެއާއި މަގުމަތީން ހަވާލުކުރެވިފައިވާ ސަރަހައްދުގެ ކުނިނަގައި، ވިނަނޮޅައި، ސާފުކޮށް ބެލެހެއްޓުން.
  4. ސްޓާފްރޫމާއި، އެކަޑަމިކް ސެކްޝަނާއި، ކޮމްޕިއުޓަރ ލެބާއި، ލައިބްރަރީއާއި، ފާޚާނާފަދަ ތަންތަނުގެ ތެރެއިން ހަވާލުކުރެވިފައިވާ ތަންތަނާއި އެތަންތާނގެ އެތެރޭގައި ހިމެނޭ އެންމެހައި ތަކެތި ހިރަފުސްފޮޅައި ސާފުކުރުން.
  5. ގޯތިތެރެއަށް ފެންޖަހައި ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  6. ޑިއުޓީގައި، އޮފީހާއި ސްޓާފްރޫމުގައި ބޯފެން އަޅަން ހުންނަ ތަކެއްޗަށް ބޯފެން އަޅާފައި ބެހެއްޓުން.
  7. ކުނިއުކާލާއިރު އެއްވެސް ލިޔެކިޔުމެއް އުކާލައިގެން ނުވާނެއެވެ. އެފަދަ ތަކެތި ނައްތައިލަންވާނީ އަންދައިގެންނެވެ.
  8. ޑިއުޓީގައި ސުޕަވައިޒަރުން އަންގަވާ ކަންތައް ކުރުން.
  9. ތަނުގައި ހުންނަ ވަސީލަތްތަކާއި ތަކެތި ހެޔޮގޮތުގައި ބޭނުންކުރުމާއި، އެތަކެއްޗަށް ގެއްލުމެއް ނުދީ ބެލެހެއްޓުން.
  10. ރަސްމީ ގަޑީގައި މަސައްކަތް ނިންމުމަށް ވީހާވެސް ބޮޑަށް މަސައްކަތްކުރުމާއި، ހަވާލުކުރެވިފައިވާ މަސައްކަތް ރަސްމީގަޑީގައި ކޮށްގެން ނުނިމޭ މަސައްކަތާބެހޭ މަޢުލޫމާތު އޮފީހަށް ދިނުން.
  11. ހޯލުގައި ތަކެތި އެތުރުމަކީ ސަޕޯޓް ސްޓާފުން ކުރަންޖެހޭ ކަމަކަށްވާތީ، ހޯލުގައި ތަކެތި އެތުރުމުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.
  12. މަސައްކަތު މުވައްޒަފެއް ސަލާމުގައި ހުންނަ ދުވަހެއްނަމަ، އޭނާ ކުރަންޖެހޭ މަސައްކަތްތައް ކަނޑައެޅިފައިވާ އުޞޫލުން ކުރުން.
  13. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ، އާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައްޔާއި، ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތެއްގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން.
  14. ސްކޫލުގެ ގުދަންތައް ބެލެހެއްޓުމާއި، ގުދަނަށް ވައްދަންޖެހޭ ތަކެތި ވައްދައި، ނެރެންޖެހޭ ތަކެތި ނެރެ، އެކަމާބެހޭ އެންމެހައި ކަންތައް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ލިބިފައިވާ ތަޢުލީމާއި ތަމްރީން.

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި ޤާބިލުކަން.

އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު:

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިޔުއާއި ޕްރެކްޓިކަލްސް، 24 މާރިޗު 2016 އާއި 28 މާރިޗު 2016 އާ ދެމެދުގެ ތާރީޚެއްގައި ބ. ގޮއިދޫ ސްކޫލުގައި އޮންނާނެއެވެ.

- މި މަޤާމަށް އިންޓަވިއު ކުރެވޭނީ، މި މަޤާމަށް އެދޭ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއެވެ.

- އިންޓަވިއުއަށް ހާޒިރުވާއިރު، ތަޢުލީމީ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭކަމުގެ ސިޓީ، 2016 މާރިޗު 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12.00 ގެ ކުރިން، ބ. ގޮއިދޫ ސްކޫލަށް ހުށަހެޅުން އެދެމެވެ.  

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، ޢަމަލުކުރަންވީ ގޮތް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް މި ސްކޫލުގެ 6600014 ނަންބަރު ފޯނާ ގުޅައިގެން މަޢުލޫމާތު ސާފުކުރުން އެދެމެވެ.

5 ޖުމާދަލްއާޚިރާ 1437

14 މާރިޗު 2016
ހޯދާ