ދިވެހިރާއްޖެ
އިޢުލާން
ހެލްތު ޕްރޮޓެކްޝަން އެޖެންސީން މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 2 ވަނަ ބައިލޮޖިކަލް އެންޑް ބިހޭވިއަރަލް ސާރވޭގެ ފީލްޑް މަސައްކަތް (ޑޭޓާ ކަލެކްޝަން އަދި ބައިލޮޖިކަލް ސާމްޕަލް ކަލެކްޝަން) ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)23-AP/1/2016/4) އިޢުލާނަށް އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް 2016 މާރިޗު 22 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މާރިޗު 28 ވާ ހޯމަ ދުވަހު ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.