މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ހައިޑްރޯޕޯނިކްސް ސިސްޓަމް ޤާއިމުކޮށްދިނުމާއި، ސިސްޓަމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ހައިޑްރޯޕޯނިކްސް ސިސްޓަމް ޤާއިމުކޮށްދިނުމާއި، ސިސްޓަމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް ގުޅިގެން ކުރިއަށްގެންދާ "ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމް"ގެ ދަށުން ފ. މަގޫދޫ ކޯޕަރޭޓިވް ސޮސައިޓީއާ ގުޅިގެން ފ.މަގޫދޫގައި ޤާއިމުކޮށްފައިވާ ގްރީންހައުސްގައި ހައިޑްރޯޕޯނިކްސް ސިސްޓަމެއް ޤާއިމުކޮށް، ސިސްޓަމަށް ބޭނުންވާ ބައެއް އާލާތްތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. 

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މާރިޗު 20 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ހ.ވައިޓްވޭވް، މޫންލައިޓް ހިނގުން) ގެ ކޮންފަރެންސްރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު 2016 މާރިޗު 27 ވާ އާދިީއްތަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ހ.ވައިޓް ވޭވް، މޫންލައިޓް ހިނގުން) އަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުޅުވޭނީ ހާޒިރުވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ދަންނަވާފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ 3341836 އަށް އޮފީސް ބަންދުވުމުގެކުރިން ގުޅުއްވުން އެދެމެވެ.

04 ޖުމާދަލްއާޚިރާ 1437

13 މާރިޗު 2016
ހޯދާ