ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އައި.ޑީ.ބީ އެމް.އެސް.ސީ ސްކޮލަރޝިޕް ޕްރޮގްރާމް 2017/2016

އައި.ޑީ.ބީ އެމް.އެސް.ސީ ސްކޮލަރޝިޕް ޕްރޮގްރާމް 2017/2016

މުއްދަތު: 2 އަހަރު

މާސްޓަރސް ޑިގްރީ

ކޯހުގެ ފެންވަރު:

ސައިންސް އެންޑް ޓެކްނޮލޮޖީ 

ކޯހުގެ ދާއިރާ:

  1. ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން. (ކޯހަށް އެދި ހުށަހަޅާ ޑިގްރީ ސެޓުފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ.) އަދި
  2. 31 މާރިޗު 2016 އަށް އުމުރުން 30 އަހަރުވެފައިނުވުން. އަދި
  3. މީގެއިތުރުން އެޕްލިކޭޝަން ފޯމުގައާއި، އައި.ޑީ.ބީ އިންފޮމޭޝަންޝީޓުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަ ވާންޖެހޭނެއެވެ. 

މި ސްކޮލަރޝިޕަށް ހުށަހަޅާ ހުރިހާ ފަރާތްތަކުންވެސް، މަތީގައި ބަޔާންކުރެވިފައިވާ ޝަރުޠުތަކުގެ އިތުރުން ތިރީގައި މިވާ ޝަރުޠުތައްވެސް ފުރިހަމަ ވާންވާނެއެވެ.

4. އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނުފަހުން ތިރީގައިވާ މުއްދަތަށް 21 މާރިޗު 2016 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން

ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން

ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން

ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1 އަހަރު ޚިދުމަތްކޮށްފައިވުން.

ރ. އަމިއްލަ ގޮތުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރުން ޚިދުމަތް ކުރުމުގެ މިޝަރުޠު ފުރިހަމަވާކަން ނުޖެހޭނެއެވެ. އަދި

5. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކާފައިވާ ފަރާތެއް ކަމުގައިވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދި މި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުޠުތައް ފުރިހަމަ ނުވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މި އިޢުލާނުގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)"ގެ ދަށުންނެވެ.

ޝަރުޠު:

  • މިއީ އައި.ޑީ.ބީ މެމްބަރު ޤައުމުތަކުގެ މެދުގައި ވާދަކުރާ ސްކޮލަރޝިޕެކެވެ. މިކޯހުގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ އައި.ޑީ.ބީ އިންނެވެ.
  • މި ސްކޮލަރޝިޕްގެ ދަށުން (ޓިއުޝަން ފީ، ލިވިންގ އެލަވަންސް އަދި އިތުރު އެލަވަންސްތައް) ކޯސް އިންތިޒާމު ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ. (ލިބޭ އެލަވަންސްތަކުގެ ތަފުސީލު ވެބްސައިޓުގައި އަޕްލޯޑުކުރެވިފައިވާ ކޯހާބެހޭ އިތުރު މަޢުލޫމާތުޝީޓުގައި ހިމެނިފައިވާނެއެވެ.)  
  • ތަޢުލީމީ ސެޓުފިކެޓުތައް (ޑިޕްލޮމާ އަދި އެއަށްވުރެ މަތީ) ވާން ޖެހޭނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކުރެވިފައެވެ. އަދި ބެޗްލަރސް ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ، އެ ކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ އަދި އެ އޮތޯރިޓީން ޤަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • މި ކޯހަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ބެޗްލަރސް ޑިގްރީ ހާސިލުކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިންގ އާންމުކޮށް މި ޑިޕާޓްމަންޓް ބަލައި ގްރޭޑިންގ ސްކީމާ ތަފާތުނަމަ، ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިންގ ސްކީމް ހުށަހަޅާފައިނުވާނަމަ، ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ މި ޑިޕާޓްމަންޓް ބަލަމުން ގެންދާ އުސޫލުގެ މަތިންނެވެ. މި ޑިޕާޓްމަންޓުން ޕޮއިންޓް ދޭގޮތް މިޑިޕާޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  • ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައިވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. މި ގޮތަށް ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދެވެން ނޯންނާތީ އެ ފަރާތްތަކުގެ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.
  • މިކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާ އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެންނުވާނެއެވެ. އަދި އެއާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
  • މި އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔުންތައް ހަމައަށް ހުށަނާޅާނަމަ، އެޕްލިކޭޝަން ޑިސްކޮލިފައިކުރެވޭނެއެވެ.
  • މިއިޢުލާންގައި ބަޔާން ކުރެވިފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައި ކުރެވޭ ކެންޑިޑޭޓުން، މިޑިޕާޓްމަންޓްގެ ވެބްސައިޓުގައި އަޕްލޯޑް ކުރެވިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" ގެ ދަށުން ކޮލިފައި ކުރެވިދާނެއެވެ.
  • ބައިލެޓްރަލް އެހީގެ ދަށުން ރާއްޖެއަށް ލިބެމުންދާ ސްކޮލަރޝިޕްތަކަށް މި ޑިޕާޓްމަންޓުން ކެންޑިޑޭޓުން ނޮމިނޭޓް ކުރެވުނު ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ދިމާވާ އެއްވެސް މައްސަލައެއްގައި ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން އެފުރުޞަތު ނުވަތަ އޭގެ ބަދަލުގައި އެހެން ފުރުޞަތުތަކެއް އެ ދަރިވަރަކަށް ހޯދައިދޭ އުސޫލެއް ނޯންނާނެކަމުގައި ދަންނަވަމެވެ.
  • މި ސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމު ހާސިލު ކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު، ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ. އަދި ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި މިބޮންޑުގެ ދަށުން ސަރުކާރަށް ޚިދުމަތްކުރަން ވާނެއެވެ.
  • މި ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހެޅޭނީ އެއް އެޕްލިކޭޝަން ފޯމެވެ. އެއް ކޯހަށްވުރެ ގިނަ ކޯހަށް އެޕްލިކޭޝަން ހުށަހަޅައިފިނަމަ އެޕްލިކޭޝަންތައް ބާތިލުވާނެއެވެ.
  • މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަންގެ ދަށުން ނޮމިނޭޓްވާ ކެންޑިޑޭޓަކު ސްކޮލަރޝިޕް ދޫކޮށްލައިފިނަމަ، "މަތީތައުލީމާއި ތަމްރީނަށް ސަރުކާރުގެ އެހީގައި ނުވަތަ ސަރުކާރު މެދުވެރިވެ ސްކޮލަރޝިޕް އެހީއާއި ލޯން އެހީގައި ދާ ފަރާތްތަކުން ފުރުޞަތު ދޫކޮށްލުމުން ނުވަތަ ކޯސް ފުރިހަމަ ނުކުރުމުންފަދަ ސަބަބުތައް މެދުވެރިވުމުން ދަރިވަރުން ބްލެކްލިސްޓް ކުރުމާބެހޭ އުސޫލު" ގެ ދަށުން ބްލެކްލިސްޓް ކުރެވޭނެއެވެ.
  • މިކޯސްތަކާބެހޭ އިންފޮމޭޝަން ޝީޓް އަދި އެޕްލިކޭޝަން ފޯމް މިޑިޕާޓްމަންޓްގެ ވެބްސައިޓް www.dhe.gov.mv އަދި އައިޑީބީގެ ވެބްސައިޓުން  www.isdb.orgލިބޭނެއެވެ.
  • މިކޯހަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ލިސްޓް، ނޮމިނޭޝަން ހެދުމަށްފަހު މިޑިޕާޓްމަންޓްގެ ވެބްސައިޓް: www.dhe.gov.mv އަށް އަޕްލޯޑް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ އެޕްލިކޭޝަން ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތީ 1 ސެޓް.
  • އައިޑީބީގެ އެޕްލިކޭޝަން ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތީ 2 ސެޓް. (1 އަސްލާއި 1 ކޮޕީ)
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރު އޮފީހަކުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ނުވަތަ ލޯފާމަކުން ތައްގަނޑުޖެހި އަސްލު. (އޮރިޖިނަލް  އެޓެސްޓެޑް ސެޓުފިކެޓު) އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، ސެޓުފިކެޓުގެ އަސްލުގައި ދެފުށް ވާނަމަ ދެފުށުގެ ކޮޕީ ނުނަގާ އެޓެސްޓް ކޮށްފައިވާ ސެޓުފިކެޓުތައް އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭންކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ / ލޯފާމެއްގެ ތައްގަނޑާއި، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ޑިސްކޮލިފައި ކުރެވޭނެއެވެ.
  • ހާސިލުކޮށްފައިވާ މަތީ ތަޢުލީމުގެ ހުރިހާ ސެޓުފިކެޓުތަކެއްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ނުވަތަ ލޯފާމަކުން ތައްގަނޑުޖެހި އަސްލު.
  • ސަރުކާރަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތް ކުރުމުގެ ބޮންޑެއް އޮތް މީހަކު ނަމަ، އެތަނުން އެމީހަކު މި ކޯހަށް ދޫކުރާނެ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުމަށްފަހު، މި އިޢުލާންގެ ޝަރުޠު ނަންބަރު 04 ގައި ބަޔާންކޮށްފައިވާ މުއްދަތަށް 21 މާރިޗު 2016 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން، ޚިދުމަތްކުރި މުއްދަތު ބަޔާންކޮށް ޚިދުމަތްކުރި ފަރާތުން ދީފައިވާ ލިޔުން/ ލިޔުންތައް.
  • އިޢުލާނާއެކު ޑިޕާޓްމަންޓްގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ކޯހުގެ އިންފޮމޭޝަންޝީޓުގައި އިތުރު ޝަރުޠެއް ވާނަމަ، އެޝަރުޠު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާ ގުޅޭ ލިޔުން ހުށަހަޅަންވާނެއެވެ.
  • ހުރިހާ ޑޮކިއުމަންޓެއް ހަމައަށް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ޑިސްކޮލިފައި ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 21 މާރިޗު 2016 (ހޯމަ) ދުވަހުގެ 13:30 ގެ ކުރިން މިޑިޕާޓްމަންޓްގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

ކޯހަށް އެދޭ ފޯމު ހެނދުނު 8:30 އިން 14:00 އަށް ވެލާނާގޭގެ 2 ވަނަ ފަންގިފިލާގައި ހުންނަ މިޑިޕާޓްމަންޓްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން www.dhe.gov.mv ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341380 އިން ލިބިވަޑައިގަންނަވާނެއެވެ.

29 ފެބުރުވަރީ 2016
ހޯދާ