ދިވެހިރާއްޖެ
އިޢުލާން
ސްޕޯޓްސް ސުޕަވައިޒަރގެ ވަޒީފާގެ ފުރުޞަތު:
ސްޕޯޓްސް ސުޕަވައިޒަރ |
މަޤާމް: |
|
1 (އެކެއް) |
ބޭނުންވާ އަދަދު |
|
ދާއިމީ |
ވަޒީފާގެ ބާވަތް: |
|
ގުޅީ ސްކޫލް |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
|
ޖީ. އެސް. 4 |
މަޤާމުގެ ރޭންކް: |
|
އޮފިސަރ ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
މަޤާމުގެ ކްލެސިފިކޭޝަން: |
|
މަހަކު -/5،020 ރުފިޔާ |
މުސާރަ: |
|
މަހަކު -/1،500 ރުފިޔާ |
ސަރވިސް އެލަވަންސް: |
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
އިތުރުގަޑީގެ ފައިސާ: |
|
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ، 2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ"ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ، 3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
މަޤާމުގެ ޝަރުޠު: |
|
1- ސްކޫލުގައި ހިންގާ ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއް ރާވައި ހިންގުން. 2- ހަވާލުކުރެވޭ ފިޒިކަލް އެޑިއުކޭޝަންގެ ގަޑިތައް، ޓައިމްޓޭބަލާ އެއްގޮތަށް ނެގުން. 3- ކުޅިވަރުގެ ކަންތައްތަކަށް ތައްޔާރުވުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި، ކުޅިވަރުގެ ހަރަކާތްތަކަށް ކުދިން ތައްޔާރުކުރުން. 4- ކުޅިވަރުގެ ހަރަކާތްކަށް އަންނަ ކުދިންގެ ހާޒިރީ ބެލުމާއި، ކުދިންނާބެހޭ އެންމެހައި ރެކޯޑުތައް ތައްޔާރުކޮށް ބެލެހެއްޓުން. 5- ސްޕޯޓްސް އިންސްޓްރޫމެންޓްގެ އިންވެންޓްރީ ގަވައިދުން ލިޔެ ބެލެހެއްޓުން. 6- އެކިއެކި މުބާރާތްތަކަށް ކުދިން ތައްޔާރުކުރުމާއި، ކުދިންނަށް ފޯރުކޮށްދޭންޖެހޭ އެންމެހައި ފެސިލިޓީޒްތައް ކުދިންނަށް ދަތިނުވާގޮތަށް ފޯރުކޮށްދިނުން. 7- ކުޅިވަރުގެ ހަރަކާތްތަކަށް ބޭނުންކުރާ ތަކެތި އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އެފަދަ ތަކެތި ހަލާކުވުންފަދަ ކަމެއް ވެއްޖެނަމަ، އެޑްމިންއަށް އެކަން އަންގައިގެން އެތަކެތި ހޯދުން. 8- ޕީއީއަށް ބޭނުންކުރެވޭ ތަކެތި ރަނގަޅަށް އެނގިފައިވުމާއި، ތަކެތި ގެންގުޅޭނެގޮތާމެދު ޓީޗަރުންނަށް މަޢުލޫމާތާއި ލަފާދިނުން. 9- ޕީއީ ގަޑިތަކުގައި ބޭނުންކުރާ ތަކެތި ފަސޭހަކަމާއެކު ބޭނުންކުރަން ލިބޭނެގޮތަށް ތަކެތި އިންތިޒާމްކޮށްފައި ބެހެއްޓުން. 10- އެކިއެކި މުބާރާތްތަކަށް ތައްޔާރުވުމަށްޓަކައި ކަމާގުޅޭ ފަރާތްތަކާ ވާހަކަދައްކައިގެން މުބާރާތްތަކަށް ދަތިނުވާނެހެން މުބާރާތްތަކަށް ކުދިން ތައްޔާރުކުރުވުމާއި، ބައިވެރިކުރާ ޓީމު ނެގުމުގައި އެހީތެރިވެދިނުން. |
މައިގަނޑު މަސްއޫލިއްޔަތު: |
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.) - ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރައްވާ އޮފީހުގެ ލިޔުމެއް. - ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޓިޓް ކޮށްފައިވާ) - މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. - ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ، ލިޔެފައިވާ ލިޔުތައް ކިޔަން އެނގޭފަދަ ސާފު ފޮޓޯކޮޕީއެއް. - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) |
ޝަރުޠު ހަމަވާ ފަރާތަކުން ހުށަހަޅަންޖެހޭ ތަކެތި: |
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން. - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ. - ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން. |
ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމުގައި ބަލާނެ ކަންކަން: |
|
2016 މާރިޗު 2016 ވާ ބުދަ ދުވަހުގެ 10:00 |
ސުންގަޑި: | |
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 2016 މާރިޗު 17 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ތަޢުލީމީ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ. |
އިންޓަވިއު: |
|
މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް 6642512 ނަންބަރު ފޯނާ، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ. |
އިތުރު މަޢުލޫމާތު: | |
28 ޖުމާދަލްއޫލާ 1437 |