ޅައިމަގު ސްކޫލް/ ށ.ޅައިމަގު
ދިވެހިރާއްޖެ
ހެލްތު އޮފިސަރ

އިޢުލާން

ހެލްތު އޮފިސަރގެ މަޤާމަށް މީހަކު ހޯދުން:

މަޤާމް: ހެލްތު އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ސެކްޝަން: އިދާރީ

މަޤާމުގެ ރޭންކް: އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް: ޅައިމަގު ސުކޫލް

މުސާރަ: -/5،610 ރުފިޔާ

ސަރވިސް އެލަވަންސް: -/2،000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް: ހަމަޖެހިފައިވާ އުޞޫލުން މެޑިކަލް އިންޝުއަރެންސާއި، އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1- ދަރިވަރުންނަށާއި، ސްޓާފުންނާއި، ބެލެނިވެރިންނަށް އަމާޒުކޮށްގެން ޞިއްޙީ ޕްރޮގުރާމްތައް ރާވައިގެން ހިންގުން.

2- ދަރިވަރުންގެ ހެލްތު ޗެކްއަޕް ޕްރޮގުރާމް ރާވައިގެން ހިންގުން.

3- ސްކޫލުގައި ކިޔަވައދޭ ގަޑިތަކުގައި އުޅެންވާނީ ހެލްތު ރޫމުގައެވެ. އެއްވެސް ސަބަބަކާހުރެ ހެލްތު ރޫމުން ބޭރަށް ދާންވެއްޖެނަމަ، ހެލްތުރޫމުގެ ރެކޯޑްފޮތުގައި ލިޔެފައި ދިއުން.

4- އިންޓަރހައުސް ކުޅިވަރު މުބާރާތްތަކާއި، އިންޓަރ ސްކޫލުގެ ކުޅިވަރު މުބާރާތްތަކާއި، ކުދިންނަށް ބޭއްވޭ ތަފާތު ހަރަކާތްތަކުގައި ބޭނުންވެދާނެ ޞިއްޙީ ފަރުވާއެއްގެ އިންތިޒާމްކުރުން.

5- ހެލްތު ރޫމަށް ގެނެވޭ ކޮންމެ ކުއްޖެއްގެ ރެކޯޑްކުރުމަށްފަހު، ކޮންމެ ދުވަހަކުވެސް ސެޝަން ނިމުމުން، އެ ގްރޭޑަކާ ހަވާލުވެގެން ހުންނަވާ ލީޑިންގ ޓިޗަރަކަށް ރިޕޯޓް ހުށަހެޅުން.

6- ބެލެނިވެރިޔާއާ މަޝްވަރާކޮށްފައިނޫނީ ބޭހެއް ކުއްޖަކަށް ނުދިނުން.

7- ހެލްތު ރޫމަށް ބަލިހާލުބޮޑުވެގެން ގެނެވޭ ކުދިންގެ ބެލެނިވެރިންނަށް ވަގުތުން އެކަން އެންގުމާއި، އެވަގުތަކު ހުންނަވާ އިސްވެރިއެއްގެ ސަމާލުކަމަށް އެކަން ގެނައުން.

8- މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ހެލްތު ގުޅިވަޑައިގެން ކޮންމެ އަހަރަކު ސްކޫލްތަކުގައި ގެންދިއުމަށް ހަމަޖެހިފައިވާ ދަރިވަރުންނަށް ފަނީބޭސްދިނުމާއި ވިޓަމިންއޭ ދިނުމުގެ ޕްރޮގްރާމް މި ސްކޫލުގައި ހިންގުން.

9- ހެލްތު ރޫމަށް ގެނެވޭ ދަރިވަރުންނަށް އެހީތެރިވުމާއި ފަރުވާދިނުމުގައި އަވަސް ޚިދުމަތް ފޯރުކޮށްދިނުން.

10- ދަރިވަރުންނާ މުޢާމަލާތުކުރުމުގައި އޯގާތެރިކަމާއެކު މުޢާމަލާތުކުރުން.

11- ދަރިވަރުންގެ ޞިއްޙީ ހޭލުންތެރިކަމަށްޓަކައި ސްކޫލާ ގުޅިގެން ތަފާތު ޕްރޮގްރާމްތައް ރާވައިގެން ކުރިއަށް ގެންދިއުން.

12- އާންމުކޮށް ހެލްތު ރޫމުގައި ދަރިވަރުންނަށް ފުރަތަމަ އެހީދިނުމަށް ބޭނުންކުރާ ހުރިހާ ސާމާނެއް ހަމައަށް ގެނައުން.

13-  ކޮންމެ ދުވަހަކު ސެޝަނެއްގައި މަދުވެގެން ދެފަހަރު ތިރީގައިވާ ކަންތައްތައްކުރުން.

- ފާޚާނާތަކުގެ ސާފުތާހިރުކަން ބެލުން.

- ފެންބޯ އިސްކުރާއި ކޫލަރުތެރޭގެ ސާފުތާހިރުކަން ބެލުން.

14- ޞިއްޙީ ކަންކަމާބެހޭ ދުވަސްތައް ފާހަގަކުރުމުގައި ޚިޔާލުދީ، އެހީތެރިވުން.

15- ޓާމަކު އެއްފަހަރު ކުދިންގެ އިސްކޮޅާއި ބަރުދަން ބަލައި، ރެކޯޑްތައް ބެލެހެއްޓުން.

16- ކުދިންގެ މެދުގައި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ހަރަކާތްތައް ހިންގުމާއި، ކުދިންނަށް މަޢުލޫމާތުދިނުން.

17- ސްކޫލް ބަންދުވުމުގެ ކުރިން އެ އަހަރެއްގެ އަހަރީ ރިޕޯޓާއި، އަންނަން އޮތް އަހަރުގެ އެކްޝަން ޕްލޭނާއި، ކުރިއަށްއޮތް އަހަރު ސްކޫލް ހެލްތު ޕްރޮގުރާމް ހިންގާނޭގޮތުގެ ތާވަލް ތައްޔާރުކޮށްފައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުން.

18- ހެލްތު ރޫމުގެ އެނދުފޮތިތަކާއި ބާލީހު އުރަތައް، މަދުވެގެން ހަފުތާއަކު 3 ފަހަރު ބަދަލުކުރުން.

19- ހެލްތު ރޫމުގެ އިންވެންޓްރީއާއި ސްޓޮކް ބެލެހެއްޓުން.

20- ފަސްޓްއެއިޑް ފޮށީގައި އަބަދުވެސް ތަކެތި ހަމަޔަށް ބެހެއްޓުން.

21- ސްކޫލްތެރޭގެ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއްދިނުން.

22- އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކާއި، ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި، ވެރިން އަންގަވާ ގޮތެއްގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ހުނަރަށް ބަލައިގެން.

- ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމެންޓް ކޮމިޓީގެ ފަރާތުން ވަޒީފާއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް އިންޓަވިއު ކުރިއަށްގެންގޮސްގެން.

އިންޓަވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ، އިޢުލާނުގެ މުއްދަތު ހަމަވާތާ 5 ދުވަހުގެ ތެރޭގައެވެ.

މި މަޤާމަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިއުކުރުމުގެ ކުރިން، ވަޒީފާއަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކުރައިޓީރިއާއެއްގެދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ. 

- އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން، އެމީހަކު އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދޭ ފޯމުގައިވާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

ވަޒީފާއަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފުރިހަމަކުރެވިފައިވާ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސުކޫލުގެ އޮފީހުން ލިބޭނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބައިފައިވާ ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ސީވީ (ފޯނު ނަންބަރު ހިމެނޭގޮތަށް)
  7. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރައްވާ އޮފީހުގެ ލިޔުމެއް.
  8. ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު"
  9. އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން، އެމީހަކު އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދޭ ފޯމުގައިވާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 މާރިޗު 23 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، މި އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ލިޔެފައިވާ ތަކެތި، ޅައިމަގު ސުކޫލަށް ހުށަހެޅުން އެދެމެވެ.

ނޯޓް

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވެއްޖެނަމަ، [email protected] އަށް މެއިލްކުރުން އެދެމެވެ. ނުވަތަ 6540578 ނަންބަރު ފޯނަށް، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.  

29 ޖުމާދަލްއޫލާ 1437

09 މާރިޗު 2016
ހޯދާ