ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2016 ވަނަ އަހަރުގެ ޖަނަވަރީގައި ބޭއްވުނު އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ނަތީޖާ ދޫކުރުން

އިޢުލާން

2016 ވަނަ އަހަރުގެ ޖަނަވަރީގައި ބޭއްވުނު އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ނަތީޖާ ދޫކުރުން.

2016 ވަނަ އަހަރުގެ ޖަނަވަރީމަހުގައި ބޭއްވުނު އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ނަތީޖާ 2016 މާރިޗު 16 ވަނަ ދުވަހުން ފެށިގެން 2016 މާރިޗު 30 ގެ ނިޔަލަށް މިޑިޕާޓްމަންޓުން ދޫކުރާނެއެވެ. ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 ން 13:30 އަށެވެ.

މިޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ނަންގަވަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ކެންޑިޑޭޓުގެ އައި.ޑީ.ކާޑާ ހަވާލުވެވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑު ގެންނެވުން އެދެމެވެ. ސެންޓަރުތަކުގެ ނަތީޖާ ނަންގަވަން ވަޑައިގަންނަވާ ބޭފުޅެއްނަމަ، ސެންޓަރުގެ ލިޔުމަކާއި އައި.ޑީ ކާޑު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.

އަދި ދަންނަވަމަވެ. ނަތީޖާ ރީޗެކުކުރުމަށް ބޭނުންވާ ކެންޑިޑޭޓުން 2016 މާރިޗު 31 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެކަން ލިއުމަކުން މިޑިޕާޓްމަންޓަށް އެންގެވުން އެދެމެވެ. ސެންޓަރެއް މެދުވެރިކޮށް އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުން ރީޗެކްކުރުމަށް ހުށަހަޅާނީ އެސެންޓަރަކަށެވެ. ރީޗެކް ފީޝީޓު މިޑިޕާޓްމަންޓުންނާއި ސެންޓަރުތަކުން ލިބެން ހުންނާނެއެވެ. ފީޝީޓު މިޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.

1 ޖުމާދަލްއާޚިރާ 1437

10 މާރިޗު 2016
ހޯދާ