މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިރީގައިވާ މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ. 

މަޤާމު: އެސިސްޓެންޓް ލީގަލް އޮފިސަރ

ބޭނުންވާ އަދަދު: 01

ކްލެފިކޭޝަން: ޓެކްނިކަލްއޮފިސަރ ގްރޭޑް 1

ރޭންކް: އެލް. އެސް 2

މަޤާމުގެ މުސާރަ: -/9412ރ

ސަރވިސް އެލަވަންސް: މަހަކު -/3000 ރ

ލިވިން އެލަވަންސް: މަހަކު -/2550 ރ

މަސައްކަތް ކުރައްވަންޖެހޭ ތަން: މ.މުލީ މެޖިސްޓްރޭޓް ކޯޓު

ޖުޑީޝަލް އެލަވަންސް: މުސާރައިގެ %35 (3294/20ރ)

މަޤާމުގެ ޝަރުޠު: 1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން

މަޤާމުގެ މައިގަނޑު މަސައްކަތް:

01-  ނިޔާކަނޑައަޅާ މައްސަލަތަކުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޑްރާފްޓް ކުރުން

02-  އިސްމެޖިސްޓްރޭޓް ހަވާލުކުރާ (އެހެނިހެން މީހުންގެ) ބަޔާން ނެގުން

03-  ޤާނޫނުތަކާއި ގަވާއިދުތައް އެއްކޮށް ހޯދައި ފަސޭހައިން ފެންނާނެހެން ބެހެއްޓުން

04-  ކޯޓުގެ މުވައްޒަފުން ކުރާ މަސައްކަތާއި ހިންގާ ޙަރަކާތްތަކާ ބެހޭގޮތުން އިސްމެޖިސްޓްރޭޓް ހައްދަވާ ގަވާއިދުތައް ޑްރާފްޓްކޮށް އެކުލަވައިލުމުގައި އިސްމެޖިސްޓްރޭޓަށް އެހީތެރިވެދިނުން.

05-  ކޯޓުގައި ޝަރީޢަތް ހިނގަމުންދާއިރު ޝަރީޢަތުގެ މަޖިލިހުގައި އެއްވެސް މީހަކު ޝަރީޢަތުގެ މަޖްލިސްގެ ޙުރުމަތް ކެނޑިދާފަދަ ޢަމަލެއް ހިންގާތޯ ބަލައި އެފަދަ ޢަމަލެއް އެއްވެސް މީހަކު ހިންގަން އުޅެފިނަމަ އެކަމެއް ހުއްޓުވުން.

06-  ކޯޓަށް ހާޒިރުކޮށްފައި ތިބޭ މީހުން ކޯޓުތެރޭގައި ނޭދެވޭ ޢަމަލެއް ހިންގާތޯ ބެލުމާއި، ކޯޓުގެ ޙުރުމަތް ކެނޑޭފަދަ ގޮތަކަށް އަޑުގަދަކޮށް ހަދާނަމަ އެކަން ހުއްޓުވުން.

07-  ކޯޓަށް ހާޒިރުވުމަށް ފޮނުވަންޖެހޭ އަމުރު (ކޯޓަށް ހާޒިރުވުމުގެ ޗިޓް) ތައްޔާރުކުރުމާއި، ރައްދުކުރަންޖެހޭ ފަރާތްތަކަށް އަމުރު ރައްދުވެފައިވޭތޯ ބެލުމާއި، ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުނުވާ މީހުންނާއި، ފިލައިގެން އުޅޭ މީހުންގެ ގޭގައި ކޯޓަށް ހާޒިރުވުމުގެ އަމުރު ތަތްކުރުން.

08-  ޝަރީޢަތުގެ މަޖްލިސް ތައްޔާރުކުރުމުގެ މަސައްކަތް ސުޕަވައިޒު ކުރުމާއި، ޝަރީޢަތުގެ މަޖިލީހަށް މީހުން ވެއްދުމާއި ނެރުން (މެޖިސްޓްރޭޓްގެ ހުއްދައާއެކު)

09-  ކޯޓަށް ހާޒިރުވުމުގެ ޢަމުރުކުރެވޭ ފަރާތްތައް ކޯޓަށް ހާޒިރުވޭތޯ ބެލުމާއި، ހާޒިރުނުވާނަމަ މެޖިސްޓްރޭޓްގެ މަޝްވަރާގެމަތިން އެފަރާތްތަކާމެދު ފިޔަވަޅު އެޅުން

10-  ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް މެޖިސްޓްރޭޓް އަންގާ ގޮތެއްގެ މަތިން ކުރުން

11-  ތަޙުޤީޤީ އިދާރާތަކަށް ބަލައި ފާސްކުރުމުގެ އަމުރުތައް ހޯދަން އެދި ހުށަހެޅުމުން އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް މެޖިސްޓްރޭޓް އަންގާ ގޮތެއްގެ މަތިން ކުރުން

12-  ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި، ވަރިކައިވެންޏާބެހޭ މައްސަލަތަކާއި، އެގްރީމެންޓް ރަޖިސްޓަރީ ކުރުމުގެ ފޯމު ބަލައިގަނެ، މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކްކުރުމުގައި އެހީތެރިވެދިނުން.

13-  މީގެ އިތުރުންވެސް ކޯޓުގެ ވެރިން ހަވާލުކުރައްވާ ރަސްމީ މަސައްކަތްތައް ކުރުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • 17 މާރިޗު 1620 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން "ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަކުރެއްވުމަށްފަހު މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
  • ވަޒީފާއަށް އެދި މިކޯޓުގެ ފެކްސް ނަންބަރު: 6720599 ފޮނުއްވާ ފެކްސްތަކާއި އަދި މިކޯޓުގެ އީމެއިލް [email protected] އަށް ފޮނުވާ އީމެއިލްތައްވެސް ޤަބޫލު ކުރެވޭނެއެވެ. ނަމަވެސް، ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހަޅާ ލިޔުންތައް ހަމައަށް ކޯޓަށް ލިބުނުތޯ ބަލައި ޗެކްކުރުމަކީ އެލިޔުންތައް ފޮނުވާ ފަރާތުގެ ކަމެކެވެ. އަދި އިންޓަރވިއުއަށް އަންނައިރު މިފަދަ އެންމެހާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

އުޖޫރައާއި އިނާޔަތްތައް:

  • މިމަޤާމަށް ކަނޑައެޅިފައިވާ މުސާރައާއި، ސަރވިސް އެލަވަންސާއި، ލިވިންގ އެލަވަންސާއި، ޖުޑީޝަލް އެލަވަންސާއި، އިތުރުގަޑީގެ ފައިސާ ޖުޑީޝަލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ، ވަޒީފާއަށް އެދޭ ފޯމު (މިފޯމު މެޖިސްޓްރޭޓް ކޯޓުތަކުންނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ) އަދި އިންޓަރވިއުއަށް އަންނައިރު ތަޢުލީމީ ސެޓުފިކެޓުތަކާއި، އަދިވެސް ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.
  4. ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓުފިކެޓުގެ ކޮޕީ
  5. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކުރި ވަޒީފާގެ ނަމާއި އެވަޒީފާގައި އުޅެފައިވާ މުއްދަތު އެނގޭގޮތަށް އެތަނުގެ ތައްގަނޑުޖެހި ލިޔުން

    ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެހާއެކު)

އެހެނިހެން ކަންތައްތައް:

  • މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ ޝަރުޢީދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 70 ވަނަ މާއްދާގެ (ހ) ގައި ބުނާ ޝަރުޠުތައް ހަމަވާ ފަރާތެއް ކަމުގައި ވާންވާނެއެވެ. އަދި ވަޒީފާ މީހަކު ޢައްޔަން ކުރުމުގެ ކުރިން މަތީގައި ހަވާލާދިން މާއްދާގެ (ށ) ގައި ބުނާކަންކަމަށް ރިޢާޔަތް ކުރެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ، ތަޢުލީމީ ނަތީޖާއާއި، އިންޓަރވިއުގައި ހޯދާ މާކްސްއާއި، ކޯޓުން ދޭ ޓެސްޓެއްގެ ޖުމުލައަށް ބަލައިގެންނެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަރވިއުކުރުން 2016 މާރިޗު 23 ވަނަ ދުވަހާއި 24 ވަނަ ދުވަހު މި ކޯޓުގައި ބާއްވާގޮތަށް ހަމަޖެހިފައިވާތީ ވަޒީފާއަށް ކުރިމަތިލެއްވި ފަރާތްތަކުން އެ ތާރީޚުން ފެށިގެން އިންޓަރވިއުއަށް ތައްޔާރުވެ މ.މުލީގައި ހާޒިރުވެ ތިބުމަށް ދެންނެވީމެވެ. އިންޓަރވިއުކުރާނީ މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ ކަމުގައިކަމަށްވެސް ދަންނަވަމެވެ.

މި މަޤާމަށް މުވައްޒަފަކު ހޯދުމަށް މިކޯޓުން ކުރިން ކޮށްފައިވާ އިޢުލާން ނަންބަރު K5C/2016/03ފ(01 ފެބުރުވަރީ 2016) ގައިވާ ޖުޑީޝަލް އެލަވަންސް ބަދަލުވެފައިވާތީ އެ އިޢުލާން ބާޠިލުވި ވާހަކަ ދަންނަވަމެވެ.

އަދި މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިކޯޓުގެ ނަންބަރު: 6720012 އަށް ގުޅުއްވުން އެދެމެވެ.

26 ޖުމާދަލްއޫލާ 1437

06 މާރިޗު 2016
ހޯދާ