އިހައްދޫ ސުކޫލް
ދިވެހިރާއްޖެ
ކައުންސެލަރ

އިޢުލާން


ވަޒީފާގެ ފުރުޞަތު:

މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ހޯދަން ބޭނުންވާތީ، މިކަން އާންމުކޮށް އަންގައި، އިޢުލާނު ކުރަމެވެ.

މަޤާމު: ކައުންސެލަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގުރޭޑް 1

މުސާރަ: -/5610 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: އިހައްދޫ ސްކޫލް، ލ. ގަން

ވަޒީފާ އަދާކުރާ ސެކްޝަނާއި، ތަން: އެކަޑެމިކް ސެކްޝަން / އިހައްދޫ ސްކޫލް، ލ. ގަން

މަޤާމުގެ ޝަރުޠު:

1- ކައުންސެލިންގއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ކައުންސެލިންގއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- ކައުންސެލިންގއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެމަތީ ސަނަދެއް ހާސިލުކޮށްފައި އޮތުން.    

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސްކޫލް ދަރިވަރުންނާއި، ބެލެނިވެރިންނަށް ކައުންސިލިން ދިނުން.  
  • ސްކޫލް ދަރިވަރުންގެ ޕާސަނަލް ފައިލްތައް ތައްޔާރުކޮށް އެކުދިންގެ މަޢުލޫމާތު ބެލެހެއްޓުން.
  • އަޚުލާޤީ މައްސަލަތައް ދިމާވާ ދަރިވަރުން ރަނގަޅުކުރުމަށް އެހީތެރިވުން.
  • ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ދެނެގަތުމާއި، އެކުދިންނަށް ޚާއްޞަ ޕްރޮގްރާމްތައް ހިންގުން.
  • ސްކޫލުގެ ފަރާތުން ބާއްވާ އެކިއެކި މުބާރާތްތަކާއި، ރަސްމިއްޔާތުތައް އިންތިޒާމުކުރުމުގައި އެހީތެރިވުން.  

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށްޓަކައި ބެލޭނެ ކަންކަން:

  • ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް.

އެހެނިހެން ޢިނާޔަތްތައް:

ދިވެހި ސިވިލް ސަރވިސް ގަވާއިދުގެ ޗެޕްޓަރ ނަންބަރު 16 ގައިވާ ގޮތުގެ މަތިން، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައި އޮންނަ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި ރަމަޟާންމަހުގެ ޚާއްޞަ އެލަވަންސް، ހަމަޖެހިފައިވާ އުސޫލުގެމަތިން ދެވޭނެއެވެ.

ސުންގަޑި:

މި މަޤާމަށް އެދޭ، ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 މާރިޗު 15 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، މަތީގައި ބަޔާންވެފައިވާ ލިޔުންތަކާއެކު، ވަޒީފާއަށް އެދޭ ފޯމު، އިހައްދޫ ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު ކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ، 17 މާރިޗު 2016 އާއި 22 މާރިޗު 2016 އާ ދެމެދު، އިހައްދޫ ސްކޫލުގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- މަޢުލޫމާތު ފުރިހަމަކޮށްފައިވާ "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (އިންޓަވިއުއަށް ހާޒިރުވާއިރު، އަސްލު ގެންނަންވާނެއެވެ.)

- ލިބިފައިވާ ތަޖުރިބާ ސާބިތުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އިންޓަވިއުއަށް ހާޒިރުވާއިރު އަސްލު ގެންނަންވާނެއެވެ.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އިންޓަވިއުއަށް ހާޒިރުވާއިރު، އަސްލު ގެންނަންވާނެއެވެ.)

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދެ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ލ. ގަމު އިހައްދޫ ސްކޫލުގެ 7967101 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 26 ޖުމާދަލްއޫލާ 1437

06 މާރިޗު 2016
ހޯދާ