ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ޕާސްޕޯޓް ހަދަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޕާސްޕޯޓް ބަލާ ވަޑައިނުގަންނަވާ ބޭފުޅުންގެ ސަމާލުކަމަށް

01 ޑިސެންބަރު 2015 ވަނަ ދުވަހުން ފެށިގެންް 24 ޖަނަވަރީ 2016 އާ ހަމައަށް މިމުއައްސަސާއަށް ޕާސްޕޯޓް ހަދަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޕާސްޕޯޓް ބަލާ ވަޑައިނުގަންނަވާ ބޭފުޅުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

28 މާރިޗު 2016 ގެ ކުރިން ޕާސްޕޯޓް ބަލާ ވަޑައިނުގަންނަވާ ބޭފުޅުންގެ ޕާސްޕޯޓް ނެގުމަށް މިމުއައްސަސާއިން އަންގައި އިޢުލާން ކުރަމަވެ. އަދި މި މުއްދަތުގެ ތެރޭގައި ޕާސްޕޯޓް ބަލާ ވަޑައިނުގަންނަވާ ބޭފުޅުންގެ ޕާސްޕޯޓް ކެންސަލް ކުރެވޭނެ ވާހަކަވެސް އަންގައި އިޢުލާން ކުރަމަވެ.

އަދި ދަންނަވަމެވެ. ޕާސްޕޯޓުގެ ވެރިފަރާތުގެ އައި.ޑީ ކާޑު ހިއްޕަވައިގެން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:15 ން 14:00 އަށް ޕާސްޕޯޓް ވެރިފަރާތް ވަޑައިގަތުމުން ޕާސްޕޯޓް ދޫކުރެވޭނެ ވާހަކަ ދެންނެވީމެވެ.

09 މާރިޗު 2016
ހޯދާ