ދިވެހިރާއްޖެ
އިންވިޖިލޭޓަރުން ހޯދުމާބެހޭ
2016 ވަނަ އަހަރުގެ މޭ/ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އަދި އެޗް.އެސް.ސީ އިމްތިޙާނަށް އިންވިޖިލޭޓަރުން ހޯދުން
މިސެންޓަރުގެ 2016 ވަނައަހަރުގެ މޭ/ޖޫން އެޑެކްސެލް އޭލެވެލް އަދި އެޗް.އެސް.ސީ އިމްތިޙާނުގެ އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކުރާނެ މީހުން ހޯދަން ބޭނުންވެއެވެ. އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އުޖޫރައެއްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިިވަނީ އިންވިޖިލޭޓްކަން ކުރައްވާ ކޮންމެ ސެޝަނަކަށް -/150 ރުފިޔާއެވެ. އަދި އިންވިޖިލޭޓަރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންވިޖިލޭޓަރުން ހޮވުމުގައި އޯލެވެލް ހަދާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
އިންވިޖިލޭޓަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުޠުތައް:
- އުމުރުން 18 އަހަރުފުރިފައިވާ ދިވެހި ރައްޔިތަކަށްވުން.
- އިންވިޖިލޭޓަރެއްގެ މަސްއޫލިއްޔަތު އަދާކުރާ އަހަރުގެ، އެއިމްތިޙާނުގެ ކެންޑިޑޭޓަކަށް ނުވުން.
- އިންވިޖިލޭޓަރެއްގެ މަސްއޫލިއްޔަތު އަދާކުރާ އަހަރުގެ، އެއިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓާ ގާތްގުޅުމެއް އޮތްމީހަކަށް ނުވުން.
- އިންވިޖިލޭޓަރެއްގެ މަސްއޫލިއްޔަތު އަދާކުރާ އަހަރުގެ، އެއިމްތިޙާނަށް ދަރިވަރުން ތައްޔާރުކޮށްދޭ، ނުވަތަ އެއިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ކިޔަވައިދޭ މީހަކަށް ނުވުން.
- އިމްތިޙާނުގެ ހުރިހާ ދަންފަޅިއަކަށް އައުމަށް ދަތިކަމެއް ނެތްމީހަކަށްވުން.
- އިންވިޖިލޭޓަރުންގެ އިޤުރާރުގައި ސޮއިކޮަށްފައިވާ މީހަކު ކަމުގައިވުން.
މިކަމަށް އެދޭ ފޯމު 2016 މާރިޗު 10 ން 2016 އެޕްރީލް 06 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 13:00 އަށް މިސެންޓަރުގެ އޮފީހުން ދޫކުރަމުން ގެންދާނެއެވެ.
އަދި މިމުއްދަތުގައި މިކަމަށް އެދޭ އެޕްލިކޭޝަން ފޯމާއި އިޤުރާރު ފޯމު މިސެންޓަރުގެ ވެބްސައިޓް (www.chse.edu.mv) އިން ޑައުންލޯޑް ކުރެވޭނެއެވެ.
ވީމާ، މަތީގައިވާ ޝަރުޠުތައް ފުރިހަމަވާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު 07 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިސެންޓަރަށް ހުށަހެޅުއްވުން އެދެމެވެ.
29 ޖުމާދަލްއޫލާ 1437