މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޓީވީ ކޮށީގައި އިމާރާތް ކުރެވިފައިވާ ފްލެޓްތަކުގެ ތެރެއިން ސަރުކާރަށް ލިބޭ ފްލެޓްތައް، ޢާންމުކޮށް ހުޅުވާލެވިގެން ވިއްކުމާ ބެހޭ

ސަރުކާރުގެ "ގެދޮރުވެރިކަމުން ހިތްފަސޭހަ ދިރިއުޅުން" ސިޔާސަތުގެ ދަށުން ޓީވީ ކޮށީގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ރެހެންދި 1 ގެ 1 ފްލެޓް އަދި ރެހެންދި 3 ގެ 10 ފްލެޓް ގަންނަން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، މި 11 ފްލެޓް ގަތުމަށް އެދި ހުށަހަޅަންޖެހޭ ފޯމާއި އަދި މަޢުލޫމާތު ކަރުދާސް، 10 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން 29 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 1:00 ގެ ނިޔަލަށް މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި ފޯމާއި މަޢުލޫމާތު ކަރުދާސް http://www.housing.gov.mv/v1/file-download/ އިން ޑައުންލޯޑް ކުރެވޭނެއެވެ. މި މިނިސްޓްރީގެ ކައުންޓަރުން ދޫކުރާ ފޯމާއި މަޢުލޫމާތު ކަރުދާސް ލިބިވަޑައިގަންނަވާނީ 21 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށް މުއްދަތު ހަމަނުވާ އައިޑީ ކާޑު ގެނައުމުން، 1 ފޯމެވެ.

އަދި މި 11 ފްލެޓުން ފްލެޓެއް ގަތުމަށް އެދި ހުށަހަޅަންޖެހޭ ފޯމު ފުރުއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުމާއެކު، ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، ސިޓީއުރައިގެ ބޭރުގައި "ޓީ.ވީ ކޮށީން ފްލެޓެއް ގަތުމަށް އެދި" ލިޔުއްވުމަށްފަހު، 31 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 1:00 ގެ ކުރިން މި މިނިސްޓްރީގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.  

ފްލެޓް ގަތުމަށް އެދޭ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް:

  1. ދިވެހި ރައްޔިތެއް ކަމުގައިވުން.
  2. އުމުރުން 21 އަހަރު ފުރިފައިވުން.
  3. މާލެ، ހުޅުމާލެ އަދި ވިލިނގިލީގައި ތިމާގެ އަމިއްލަ ނަންމަތީގައި ރަޖިސްޓަރީކޮށްފައިވާ ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ލިބިފައިނެތް ފަރާތަކަށްވުން. (ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތްތައް ބެލޭނީ، އަމިއްލަ ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތެއްގެ ގޮތުގައެވެ.)
  4. މަދުވެގެން ފްލެޓުގެ ޖުމްލަ އަގުގެ %25 އަށްވާ ޑައުންޕޭމަންޓް އެއްފަހަރާ ދެއްކޭނެ ފަރާތެއްކަމުގައިވުން.

މި ފްލެޓްތައް ގަތުމަށް ބޭނުންވެގެން ހުށަހަޅާ ފޯމާއެކު ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި، މި ފްލެޓްތައް ވިއްކުމަށް ކަނޑައެޅިފައިވާ އަގާއި، ފްލެޓް ގަތުމަށް އެދި ހުށަހަޅާ ފޯމުތައް އިވެލުއޭޓް ކުރުމަށް ކަނޑައެޅިފައިވާ ގޮތާއި، ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ހަމަޖެހިފައިވާ ގޮތާއި، އަދި މި ފްލެޓްތަކުގެ ކުރެހުމާއި މިންތައް އަދިވެސް އިތުރު މަޢުލޫމާތު ހިމެނިފައިވާނެއެވެ.      

ނޯޓް:

  • ކޮންމެ މީހެއްގެ ނަމުގައި ގަތުމަށް ހުށަހެޅޭނީ 1 ފްލެޓެވެ.

މި އިޢުލާން ޝާއިޢުކުރުމުން މި މިނިސްޓްރީގެ ނަންބަރު IUL)138-DS2/138/2016/12)ފ(3 މާރިޗު 2016) އިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

10 މާރިޗު 2016
ހޯދާ