ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޕޯޓްސް އެރީނާ ކުޅިވަރު ވަސީލަތްތައް ތަރައްޤީ ކުރުމުގެ ގޮތުން ބަށިކޯޓެއް އެޅުމާބެހޭ

އިޢުލާން

ސްޕޯޓްސް އެރީނާ ކުޅިވަރު ވަސީލަތްތައް ތަރައްޤީ ކުރުމުގެ ގޮތުން ބަށިކޯޓެއް އެޅުމާބެހޭ

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީ ކުރުމުގެ ގޮތުން މިރަށުގައި ބަށިކޯޓެއް ޤާއިމުކުރަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އެނގޭގޮތަށް ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކުންނަމަ، އެތަނަކުން/ނުވަތަ އެފަރާތަކުން ފޮނުއްވި މީހެއްކަން އެނގޭގޮތަށް އެތަނެއްގެ ރަސްމީ ސިޓީއަކާއި، ލިބިފައިވާ ހުއްދަތަކުގެ ކޮޕީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއަކާއެކު ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ ހުށަހެޅުން ބަލައެއް ނުގަނެވޭނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް ސްޕޯޓްސް އެރީނާގައި ހިމެނޭ ބަށިކޯޓު އެޅުމުގެ އަންދާސީހިސާބުކަން އެނގޭގޮތަށް ލިއުއްވާފައެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

20 ޖުމާދަލްއޫލާ 1437

29 ފެބުރުވަރީ 2016
ހޯދާ