ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
ކުނަހަންދޫ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓް (ނެޓްބޯޅަކޯޓު)
ހައްދުންމަތީ ކުނަހަންދޫގައި ނެޓްބޯޅަކޯޓު އެޅުމަށް ކުރި ނަންބަރު A/2016/08-ފ405 (2016.2.23) އިޢުލާނާ އެއްގޮތަށް އަންދާސީހިސާބު އެއްވެސް ފަރާތަކުން ހުށަހަޅާއިފައިނުވާތީ އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 14 މާރިޗު 2016 ހޯމަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަންދާސީހިސާބެއް ދޫކުރެވޭނީ -/100 ރުފިޔާއަށެވެ.
މިހެންވެ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
26 ޖުމާދަލްއޫލާ 1437