މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ބަށިކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދުމާބެހޭ:

މިރަށު ރައްޔިތުންގެ ފުޓްބޯޅަދަނޑުގެ ހުޅަނގުދެކުނުން އޮތް ހުސްބިމުގައި، މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ބަށިކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު IUL)289/289/2016/8) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅި ފަރާތްތައް މަދުކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 15 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ލިޔުމަކާއެކު ފޮނުއްވެވުން އެދެމެވެ.

  • އަންދާސީހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް؛

މަސައްކަތުގެ އަގަށް

މަސައްކަތުގެ މުއްދަތަށް

މަސައްކަތާގުޅޭ ތަޖުރިބާއަށް

ލޯކަލް އިންވެސްޓްމަންޓް އަދި ކުންފުންޏަށް

ޖުމްލަ

80%

10%

5%

5%

100%

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ޖުމާދަލްއޫލާ 1437

06 މާރިޗު 2016
ހޯދާ