މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިނަވާގެއެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ހިނަވާގެއެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:

ލަންދޫ ސަހަރާގެ ހުޅަނގުދެކުނު ކަނަށްވާ ސަރަޙައްދުގައި މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ހިނަވާގެއެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު IUL)289/289/2016/10) އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތައް ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 15 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށްފައިވާ ލިޔުމަކާއެކު ފޮނުއްވެވުން އެދެމެވެ.

  • އަންދާސީހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް؛

މަސައްކަތުގެ އަގަށް

މަސައްކަތުގެ މުއްދަތަށް

މަސައްކަތާގުޅޭ ތަޖުރިބާއަށް

ލޯކަލް އިންވެސްޓްމަންޓް އަދި ކުންފުންޏަށް

ޖުމްލަ

80%

10%

5%

5%

100%

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ޖުމާދަލްއޫލާ 1437

06 މާރިޗު 2016
ހޯދާ