ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ބޭނުންވާ އަދަދު: 1 (އެކެއް) |
|
ދާއިރާ: |
އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ސެޓްފިކެޓް ހާސިލުކޮށްފައިވުން. |
|
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
|
މަޤާމުގެ ރޭންކް: |
ޖީ. އެސް. 3 |
|
މުސާރަ |
މަހަކު -/4465 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
މަހަކު -/1500 ރުފިޔާ |
|
އެހެނިހެން ޢިނާޔަތްތައް: |
ހަމަޖެހިފައި އޮންނަ އުސޫލުތަކުގެދަށުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެ. |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ކަލާފާނު ސްކޫލް |
|
މަޤާމުގެ ޝަރުޠު: |
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
- ގަވަރމެންޓް އީ ލެޓަރ މެނޭޖްމަންޓް ސިސްޓަމް ބޭނުންކޮށްގެން ސްކޫލަށް އަންނަ ސިޓީ ތައް އެންޓަރކޮށް ބެލެހެއްޓުން. - ދަރިވަރުން ސްކޫލަށް ވެއްދުމާއި ވަކިކުރުމުގެ ކަންކަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ގަވާއިދާ އެއްގޮތަށް ކުރުމާއި، ދަރިވަރުންނާ ގުޅިގެން އަންނަ އެހެނިހެން ކަންތައްތައްކަށް ޖަވާބުދާރީވުން. - ހުރިހާ ސްޓާފުންގެ ހާޒިރީ ބެލެހެއްޓުމާއި، ހާޒިރީ ރިޕޯޓް ހެދުމާއި، މުވައްޒަފުންގެ ރަޖިސްޓަރީތަކާއި، މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެކޯޑާއި، ހާޒިރީއާ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން. - ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި، ވަޒީފާތަކަށް މީހުން ހަމަޖެއްސުމުގެ އެންމެހައި މަސައްކަތްތައް، ސީ. އެސް. ވިއުގަ މެދުވެރިކޮށް ކުރުން. - ސްޓާފު އެޕްރައިޒަލް ފޯމާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން. - ބިދޭސީ ޓީޗަރުންގެ ވާކްވިސާފީއާއި، ވާކްޕާމިޓްގެ އެންމެހައި މަސައްކަތްތައް އެކްސްޕެކްޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ކުރުން. |
|
މި ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބަލާނެ ކަންކަން:
|
||
ހުށަހަޅަންޖެހޭ ތަކެތި: 1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބޭނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް. 6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) |
||
ސުންގަޑި: މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 މާރިޗު 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ކަލާފާނު ސްކޫލަށް ހުށަހެޅުން އެދެމެވެ. |
||
އިންޓަވިއު:
|
||
އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި ސްކޫލުގެ 3326607 ނަންބަރު ފޯނަށެެވެ. ފެކްސް ނަންބަރަކީ، 3314457 އެވެ. |
27 ޖުމާދަލްއޫލާ 1437