އުނގޫފާރު ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މި ސްކޫލުގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ   

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރައްޖެހޭ ތަން/ ސެކްޝަން:

އުނގޫފާރު ސްކޫލް/ އެޑްމިނިސްޓްރޭޝަން  

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މުސާރަ:

މަހަކު -/5،020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

މަޤާމުގެ ޝަރުޠުތައް:

1- އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1- ސްޓޮކުގައި ހުރި އަދަދުތައް ބަލައި ޗެކުކުރުމާއި، ދުވަހުންދުވަހަށް ސްޓޮކަށް މަދުވާ ތަކެތި ހޯދުން.

2- ތަކެއްޗަށްއެދޭ ފޮތުގައި ލިޔެ ތަކެއްޗަށް އެދުން/ ތަކެތި ހޯދުމަށް ހުއްދަ ހޯދުން.

3- ސްކޫލަށް ބޭނުންވާ ތަކެތި އަގުބަލައިގެން ހޯދުން (އަގުބަލާ ފޯމުން، ފޯނުން)

4-  ތަކެއްޗަށް އޯޑަރުކުރުން.

5- ސްކޫލުގެ އެންމެހައި ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން (ސްޓާފުންގެ ޕްރޮފައިލްތައް)

6- ސްކޫލުގައި ބޭއްވޭ އެންމެހައި ބައްދަލުވުންތަކާއި ޖަލްސާތަކަށް ހޯލް ނުވަތަ ހަމަޖެހިފައިވާ ތަނެއް، ޖަލްސާ ފެށުމުގެ 30 ކުރިން ތައްޔާރުކުރުން.

7- ސްކޫލަށް ލިބޭ އެންމެހައި ތަކެތި ސްކޫލުގެ އިންވެންޓްރީއަށް އެރުވުން.

8- ސްކޫލުގެ އިންވެންޓްރީގައި ހިމެނޭ ހުރިހާ މެޝިނަރީއާއި އިކްއިޕްމަންޓްތައް މަސައްކަތު މީހުންލައްވައި ސާފުކުރުން.

ހުށަހަޅަންޖެހޭ މަޢުލޫމާތުތައް:

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދްމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތީލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރުމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ ފޯމެޓް، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ "މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚްލާޤުހުރިގޮތް ބަޔާންކުރާ ފޯމު

އިތުރު މަޢުލޫމާތު:

  • މި ޢިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6580262 ނަންބަރު ފޯނަށެވެ.
  • ވަޒީފާއަށްއެދި ހުށައަޅާ ފޯމާއެކު ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައިނުވާނަމަ، އެ ފޯމް ބާޠިލްކުރެވޭނެއެވެ.
  • މި މަޤާމަށް އިންޓަވިއު ކުރުމަށް ޝޯޓްލިސްޓް ކުރެވޭނީ، މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މި އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކެވެ. އިންޓަވިއުއަށް ކިޔާނީ، ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށް އެކަންޏެވެ.
  • މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތެއްގެ މަޤާމު ހަމަޖައްސާނީ، ތިރީގައިވާ ކަންތައްތަކަށް ބަލައިގެންނެވެ.

1. ތަޢުލީމާއި ތަމްރީނު.

2. މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތު ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

އެހެނިހެން އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ކަނޑައެޅިފައި އޮންނަ ގަވާއިދުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން 2016 މާރިޗު 17 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން، މި ސްކޫލަށް ފޯމް ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައި ނުވާނަމަ، އެ ފޯމު ބާޠިލް ކުރެވޭނެއެވެ.

އިންޓަވިޔު ކުރެވޭނެ ތަނާއި ތާރީޚު:

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިޔު ކުރުން އޮންނާނެ ތާރީޚާއި ގަޑި އެފަރާތްތަކަށް އެންގޭނެއެވެ.

27  ޖުމާދަލްއޫލާ 1437

07 މާރިޗު 2016
ހޯދާ