ދިވެހިރާއްޖެ
އިޢުލާން
ޤާނޫނު ނަންބަރު 60/78 (އިމްޕޯޓް މުދާ ވިއްކާ ތަންތަން، ސައިހޮޓާ އަދި ކެންޓީނާބެހޭ ޤާނޫނު) ގެ ދަށުން، އިމްޕޯޓް މުދަލުގެ ވިޔަފާރި ރަޖިސްޓަރީކުރުމާއި، ކެފޭ، ރެސްޓޯރަންޓް، ކެންޓީން ފަދަ ތަންތަން ރަޖިސްޓަރީކުރުމާއި، އަދި އިމްޕޯޓް އެކްސްޕޯޓްގެ ޤާނޫނުގެ ދަށުން، ލައިސަންސް ދޫކުރުމުގައި މި މިނިސްޓްރީން ޢަމަލުކުރަމުންދާ ގަވާއިދުތަކާއި އުސޫލުތައް އަދި ކަމާބެހޭ ބިޒްނަސް ޕްރޮސެސްތައް މުޠާލިޢާކުރަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މާރިޗު 17 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މާރިޗު 22 ވަނަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ. މި މަސައްކަތާ ގުޅޭ ޓާރމްސް އޮފް ރެފަރަންސް، 2016 މާރިޗު 17 ވަނަ ދުވަހު ބޭއްވޭ މަޢުލޫމާތު ސެޝަންގައި ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމަވެ.
މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 3333193 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
26 ޖުމާދަލްއޫލާ 1437