ބަނޑިދޫ ސްކޫލް، ދ. ބަނޑިދޫ
ދިވެހިރާއްޖެ
ލެބޯޓްރީ އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ލެބޯޓްރީ އެސިސްޓަންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގުރޭޑް 2

މަޤާމް ނަންބަރ:

188-OD/22/2016/09

މުސާރަ:

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރަން ހަމަޖެހިފައިވާ އުސޫލުން މަސައްކަތްކުރުމުން، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް:  

ދ. ބަނޑިދޫ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އެކަޑަމިކް ސެކްޝަން ދ. ބަނޑިދޫ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ އަތޮޅާއި ރަށް:

ދ. ބަނޑިދޫ

 

 

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. މަތީ  ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  'އީ'  ގްރޭޑް ލިބިފައިވުމުގެ  އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
  3. ސާނަވީ އިމްތިޙާނަކުން  2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ  އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި' މި މާއްދާއިން ދަށްވެގެން  'ސީ'  ގްރޭޑް  ލިބިފައިވުމާއެކު،  މަޤާމުގެ   މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

 

ވަޒީފާގެ މަސްއޫލިއްޔަތުތައް:

1- ހަމަޖެހިފައިވާ ތާވަލްތަކާ އެއްގޮތަށް ލެބުގައި ނަގާ ޕްރެކްޓިކަލްތަކަށް ތައްޔާރުކުރުން.

2- ޕްރެކްޓިމަށް ބޭނުން ތަކެތީގެ ލިސްޓް ލިބުމުން، ތަކެތި ހަމަކުރުން.

3- ޕްރެކްޓިކަމް ނިމުމުން، އިކުއިޕްމަންޓް ނަގައި ސާފުކުރުން.

4- ލެބުގައި ބޭނުންކުރާ ހުރިހާ އާލަތްތަކާއި ތަކެތި އިންތިޒާމުކޮށް ބެލެހެއްޓުން.

5- ލެބުގައި ފިލާވަޅުތައް ނަގާއިރު، ޓީޗަރަށް އެހީތެރިވެދިނުން.

6- ސެޝަން ނިމުމުން، ދޮރުތައް ލައްޕައި، ސްޓޯރޫމާއި ލެބް ތަޅުލުން.

7- ސެޝަން ފެށުމުގެ  ކުރިން ތަޅުދަނޑި ގަވާއިދުން އޮފީހުން ނަގައި ލެބް ހުޅުވުމާއި، ސެޝަން ނިމުމުން، ތަޅުލާފައި  އޮފީހާ ތަޅުދަނޑި ހަވާލުކުރުން.

8- ލެބުން ހަލާކުވާ ތަކެތީގެ ވަކި ލިސްޓެއް ތައްޔާރުކޮށް ބެލެހެއްޓުން.

9- ކޮންމެ އަހަރެއް ނިމުމުން، އިންވެންޓްރީ ޗެކްކޮށް، ސްކޫލުގެ އޮފީހަށް ރިޕޯޓް ހުށަހެޅުން.

10- ލެބޯޓްރީއަށް ޕްރެކްޓިކަލް ހަދަން އަންނަ ޓީޗަރުންގެ ރެކޯޑުތައް ބެލެހެއްޓުން.

11- ލެބްތައް ސާފުތާހިރުކޮށް ބެލެހެއްޓުން.

12- ލެބުގެ މައްސަލަތައް، އޮފީހާ ގުޅިގެން ޙައްލުކުރުވަން މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު.
  2. މަސައްކަތު ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ސްކޫލުގެ އިދާރާއިންވެސް މިފޯމު ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތަކާއި، އީމެއިލާއި ފެކުހުގެ ޒަރީޢާއިން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

ސުންގަޑި:

މަޤާމަށް  އެދޭ  ޝަރުޠު  ފުރިހަމަވާ  ފަރާތްތަކުން،  2016 މާރިޗު 16 ވާ ބުދަ ދުވަހުގެ 14.00 ގެ ކުރިން، މި ސްކޫލުގެ އޮފީހަށް، ވަޒީފާއަށް އެދޭ ފޯމާއި، ބަޔާންކޮށްފައިވާ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިންޓަވިއުކުރުން:

މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިޔު އޮންނާނީ، 20 މާރިޗު 2016 އާއި 27 މާރިޗު 2016 އާ ދެމެދުގައި ބަނޑިދޫ ސްކޫލުގައެވެ.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް، މި ސްކޫލުގެ 7952916 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

22 ޖުމާދަލްއޫލާ 1437

02 މާރިޗު 2016
ހޯދާ