އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކުންފުންޏަށް ބޭނުންވާ ލިޔެކިޔުމުގެ ސާމާނު

 އަންދާސީހިސާބު ހޯދަން ބޭނުންވެއްޖެ

މި ކުންފުންޏަށް ބޭނުންވާ ލިޔެކިޔުމުގެ ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ކުރެވުނު އިޢުލާން ނަންބަރު TENDER/AS/2016/002 އަށް ކުރިމަތިލާފައިވާ ފަރާތްތަކުން ހުށަހެޅި ޕްރޮޕޯސަލްތަކުގައިވާ މަޢުލޫމާތުތައް ފުރިހަމަނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އެކަމަށް އަންދާސީހިސާބު ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މާރިޗު 14 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މާރިޗު 20 ވަނަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މި ކުންފުނީގެ ކޮންފަރެންސް ރޫމަށެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅާނީ މިކުންފުނިން އިރުޝާދުދޭ ގޮތަކަށެވެ.

07 މާރިޗު 2016

07 މާރިޗު 2016
ހޯދާ