ދިވެހިރާއްޖެ
ދައުލަތުގެ އަށްކުންފުންޏެއް ލިކުއިޑޭޓް ކުރުމާގުޅޭ
ތިރީގައި ދަންނަވާފައިވާ ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކުންފުނިތައް އުވާލުމަށް ސަރުކާރާއި، އަދި މި ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމަވާފައިވާތީ، ކުންފުންޏާ ބެހޭ ޤާނޫނުގެ 76 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މި ކުންފުނިތައް އުވާލުމުގައި ލިކުއިޑޭޓަރެއްގެ ގޮތުގައި އެމަސައްކަތް ކުރެއްވުމަށް އެކްރޫޕްލަސް އެލް.އެލް.ޕީ (ރަޖިސްޓަރީ ނަންބަރު: P-0021/2014) ވަނީ މިބޯޑުން އައްޔަންކުރެވިފައެވެ.
ލިކުއިޑޭޓް ކުރުމަށް ލިކުއިޑޭޓަރާ ހަވާލުކުރެވުނު ކުންފުނިތައް
1- މޯލްޑިވްސް އެންޓަރޓެއިންމަންޓް ކޮމްޕެނީ ލިމިޓެޑް
2- މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑް
3- ސެންޓްރަލް ޔުޓިލިޓީޒް ލިމިޓެޑް
4- ނޯދަން ޔުޓިލިޓީޒް ލިމިޓެޑް
5- ސައުތު ސެންޓްރަލް ޔުޓިލިޓީޒް ލިމިޓެޑް
6- ސަދަން ޔުޓިލިޓީޒް ލިމިޓެޑް
7- އަޕަރ ނޯތު ޔުޓިލޓީޒް ލިމިޓެޑް
8- އަޕަރ ސައުތު ޔުޓިލިޓީޒް ލިމިޓެޑް
ވީމާ، މަތީގައި ދަންނަވާފައިވާ ކުންފުނިތަކުގެ ތެރެއިން އެއްވެސް ކުންފުންޏަކުން އެއްވެސް ފަރާތަކަށް ފައިސާއެއް ދައްކަން ޖެހިފައިވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން މިއިން ކުންފުންޏަކަށް އެއްވެސް ފައިސާއެއް ދައްކަން ޖެހިފައިވާނަމަ 04 އެޕްރީލް 2016 ގެ ކުރިން އެކްރޫޕްލަސް އެލް.އެލް.ޕީގެ ތިރީގައިވާ އެޑްރެހަށް އަންގަވައިދެއްވުން އެދި ދެންނެވީމެވެ.
އެކްރޫޕްލަސް އެލް.އެލް.ޕީ
ހ. މާއަލި، 3 ވަނަ ފަންގިފިލާ، W3 ، ރަތްވިލާމަގު، މާލެ
ފޯން: 7910800، 7999915 ، 3310900 ، އީމެއިލް: [email protected]