ކަލާފާނު ސްކޫލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:  ކޮމްޕިއުޓަރ ޓެކްނީޝަން 

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް:

އެމް. އެސް. 2

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

ހަމަޖެހިފައި އޮންނަ އުސޫލުތަކުގެދަށުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެ. 

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކަލާފާނު ސްކޫލް

 

 

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4 މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ކޮމްޕިއުޓަރ ސިސްޓަމް، ޕްރިންޓަރ، ޕްރޮޖެކްޓަރ، ސައުންޑް ސިސްޓަމް ފަދަ ތަކެތީގެ ސްޓޭޓަސް ބެލުމާއި، މެއިންޓެއިންކުރުން.

2. ކޮމްޕިއުޓަރުތަކާއި ކޮމްޕިއުޓަރ ނެޓްވާރކް ބެލެހެއްޓުމާއި، ނެޓްވާރކް އެޅުން.

3. ސާރވަރ ބެލެހެއްޓުމާއި، މެއިންޓެއިންކުރުން.

4. އެޓެންޑެންސް މެނޭޖްމަންޓް ސިސްޓަމް ބެލެހެއްޓުމާއި، މެއިންޓެއިންކުރުން.

5. ފޯނު ލައިންތަކުގައި އެއްވެސް މައްސަލައެއް ޖެހިއްޖެނަމަ، އެކަން ޙައްލުކޮށް ބެލެހެއްޓުން.

6. ސައުންޑް ސިސްޓަމް، ބެލްސިސްޓަމް މެއިންޓެއިންކޮށް ބެލެހެއްޓުން.

7. ކްލާސްތަކުގައި ބަހައްޓާފައިވާ ސްމާޓްބޯޑުތަކާއި ސިސްޓަމް މެއިންޓެއިންކޮށް ބެލެހެއްޓުން.

8. ސްކޫލުން ބޭނުންވެއްޖެ ހިނދެއްގައި، ކޮމްޕިއުޓަރާއި ޕްރިންޓަރާއި އެފަދަ ތަކެތީގެ ސްޕެސިފިކޭޝަން ތައްޔާރުކުރުން.

9. މުވައްޒަފުންނަށް ބޭނުންވާ ޔޫޒަރ އެކައުންޓާއި، އީމެއިލް ކްރިއޭޓްކުރުން.

މި ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބަލާނެ ކަންކަން:

1. މެރިޓް އުސޫލުން އެންމެ މަތީ މާކުހެއް ލިބޭ ފަރާތެއް.

2. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

3. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

4. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބޭނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ސުންގަޑި:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 މާރިޗު 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، ކަލާފާނު ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

- މި މަޤާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ، އިންޓަވިއު ކުރުމަށްފަހުގައެވެ. އެހެންކަމުން، އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނީ، ކަލާފާނު ސްކޫލުގައެވެ.  

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، ހޮވޭ 15 ފަރާތަށެެވެ.

އިތުރު މަޢުލޫމާތު: ފޯނު: 3326607  ފެކްސް: 3314457

2 ޖުމާދަލްއޫލާ 1437

03 މާރިޗު 2016
ހޯދާ