ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެސިސްޓެންޓް ފޯމަން |
ބޭނުންވާ އަދަދު: 1 (އެކެއް) |
|
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓްސް ސްޓާފް ގްރޭޑް 3 |
|
މަޤާމުގެ ރޭންކް: |
އެސް. އެސް. 3 |
|
މުސާރަ: |
މަހަކު -/3875 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
މަހަކު -/1000 ރުފިޔާ |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ކަލާފާނު ސްކޫލް |
|
މަޤާމުގެ ޝަރުޠު |
1. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
1. ސްކޫލުގައި ކުރަން ހުންނަ މަރާމާތުފަދަ ކަންތައްތަކަށް އިޢުލާންކޮށް، މަސައްކަތްތަކުގެ މަޢުލޫމާތު އެއްކޮށް، އެޑްމިނިސްޓްރޭޓަރގެ ލަފާގެމަތިން ގަޑިޖެހުމުގެ އެއްގަޑިއިރު ކުރިން ތަކެއްޗާއި ތަން ތައްޔާރުކުރުން. 2. އެކިއެކި ފަރާތްތަކާ ހަވާލުކުރާ މަސައްކަތްތަކާއި ކަންކަމުގެ އެގްރިމެންޓް ތައްޔާރުކޮށް މަސައްކަތް ހަވާލުކުރުމާއި، ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި ކަންކަމުގެ އެންމެހައި ލިޔެކިއުންތައް ބަލަހައްޓައި، އަޕްޑޭޓްކުރުން. 3. ކޮންމެ ދުވަހަކު އެއްފަހަރު ލޮގްކުރާފޮތް ޗެކްކޮށް، މައްސަލަތައް އެޑްމިނިސްޓްރޭޓަރަށް ހުށަހަޅައި، ލޮގްކުރެވޭ މަސައްކަތްތައް ނިންމުން. 4. ސްކޫލުގެ ސެކިއުރިޓީގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން. 5. މަސައްކަތު މީހުންގެ މަސައްކަތްތައް ދުވަހުން ދުވަހަށް ބެލުން. 6. ސްކޫލުގެ މުހިންމު ޙަފްލާތަކަށް މަސައްކަތު މީހުންގެ އެހީތެރިމަކާއެކު ތައްޔާރުކުރުން. 7. ކްލާސްރޫމްތަކާއި އެހެނިހެން ތަންތަނުގެ ބޮކިތަކާއި ފަންކާތަކާއި ފަރުނީޗަރުތަކުގެ ހާލަތު ބަލައި، މަރާމާތާ ގުޅޭ ކަންތައްތައް ބަޖެޓް ސެކްޝަނާ ގުޅިގެން އެކަންތައްތައް ކުރުން. 8. ފާޚާނާތައް ޗެކްކޮށް، އެތަންތަނާ ބެހޭ އޮބްޒަވޭޝަން ފޯމު ފުރިހަމަކުރުމަށްފަހު އެޑްމިނިސްޓްރޭޓަރާ ހަވާލުކުރުން. |
|
މިވަޒީފާއަށް އެންމެ ޤާބިލް މީހަކުހޮވުމުގައި ބަލާނެ ކަންތައްތައް: |
||
|
އެހެނިހެން ޢިނާޔަތްތައް: |
ހަމަޖެހިފައި އޮންނަ އުސޫލުތަކުގެދަށުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެ. |
|
ހުށަހަޅަންޖެހޭ ތަކެތި: 1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބޭނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) |
||
ސުންގަޑި: |
|
|
އިތުރު މަޢުލޫމާތު: |
ފޯނު: 3326607 ފެކްސް: 3314457 |
23 ޖުމާދަލްއޫލާ 1437