ސ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސްޕޯޓްސް ސުޕަވައިޒަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ސްޕޯޓްސް ސުޕަވައިޒަރ

ބޭނުންވާ އަދަދު: 1 (އެކެއްް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2 

މުސާރަ: -/5020 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

އެހެނިހެން ޢިނާޔަތް: ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާއާއި އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެމަތީން ދެވޭނެއެވެ.

ވަޒީފާ އޮތް އޮފީސް: ސ. އަތޮޅު މަދަރުސާ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ތަޢުލީމާއި ބެހޭ ބައި / ސ. އަތޮޅު މަދަރުސާ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކުރިއަށް އޮންނަ އަހަރަށް، ސްކޫލުގެ ކުޅިވަރު ކަލަންޑަރު، ސްކޫލުގެ ވެރިން އަންގަވާ މުއްދަތަކަށް، ވެރިންގެ ލަފާމަތިން ތައްޔާރުކުރުން.

- އިންޓަރ ހައުސް ކުޅިވަރު މުބާރާތްތަކާއި، އިންޓަރ ކްލާސް ކުޅިވަރު މުބާރާތްތައް، ސްކޫލުގެ ކުޅިވަރު ކަލަންޑަރާ އެއްގޮތަށް ރާވައި ހިންގުން.

- އިންޓަރސްކޫލް ކުޅިވަރު މުބާރަތްތަކަށް ކުދިން ފަރިތަކުރުވައި، އެ މުބާރަތްތަކަށް ކުދިން ހޮވުމާއި، މިފަދަ މުބާރާތްތައް ހިނގަމުންދާ ދުވަސްތަކުގައި ސްކޫލުން ކުރަންޖެހޭ ކަންތައްތައް، ވެރިންނާ މަޝްވަރާކޮށްގެން ދުވަހުން ދުވަހަށް ކުރުން.

- ކުޅިވަރު ޕްރެކްޓިސްތައް ޝެޑިއުލްކޮށް، ދަރިވަރުންނަށް ޕްރެކްޓިސް ދިނުމާއި، އެކުދިން ބެލެހެއްޓުން.

- ކުޅިވަރުގެ ކަންތައްތަކާ ބެހޭގޮތުން ބާއްވާ އެންމެހައި ބައްދަލުވުންތަކުގައި ސްކޫލުގެ ފަރާތުން ބައިވެރިވުން.

- ކުޅިވަރު ހަރަކަތްތަކަށް ބޭނުންވާ ތަކެތި ސްޓޮކުން ނެގުމާއި، އެތަކެތި ފަރުވާތެރިކަމާއެކު ބެލެހެއްޓުން.

- އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްކުރުން.

- ކުޅިވަރާ ގުޅުވައިގެން ދަރިވަރުންގެ އަޚްލާޤީ ފެންވަރު ރަނގަޅުކުރުމަށް އެކިއެކި ހަރަކާތްތައް ހިންގުން.

- ކުޅިވަރާއި ކަސްރަތުގެ މުހިންމުކަމާ ގުޅޭ މަޢުލޫމާތު ހޯދައި، ދަރިވަރުންނާއި ބެލެނިވެރިންނަށް ކަމާގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުޠު:           

1. ކުޅިވަރުގެ ދާއިރާ ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ  ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  'އީ'  ގްރޭޑް  ލިބިފައިވުމުގެ  އިތުރުން،  ހަޔަރ  ސެކަންޑަރީ  ސްކޫލް  ސެޓްފިކެޓް  އިމްތިޙާނެއްގައި  'ދިވެހި'  މި  މާއްދާއިން  ދަށްވެގެން  'ސީ'  ގްރޭޑް  ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ކުޅިވަރުގެ ދާއިރާ ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން (ތަޖުރިބާއަށް ބަލާއިރު، ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި ބައިވެރިވެ، ވަނަތައް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލް ޓެސްޓް އޮންނާނެ ތާރީޚާއި ގަޑި، މަސައްކަތު 3 ދުވަހުގެ ކުރިން، ވަޒީފާއަށްއެދި ހުށަހެޅި ފަރާތަށް އެންގޭނެއެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދި ހުށަހަޅާނީ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމުންނެވެ. މި ފޯމު، ސ. އަތޮޅު މަދަރުސާގެ  އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްކުރެވެން ވެސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ސ. އަތޮޅު މަދަރުސާގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗް 16 ވާ ބުދަދުވަހުގެ 12:00 އެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ސ. އަތޮޅު މަދަރުސާގެ 6895679 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

23 ޖުމާދަލްއޫލާ 1437

03 މާރިޗު 2016
ހޯދާ