ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ބޭސިކް ފުޓްބޯލް އެންޑް ފުޓްސަލް ރެފްރީސް ކޯސް 2016 (މާލެ)

އިއުލާން

ބޭސިކް ފުޓްބޯލް އެންޑް ފުޓްސަލް ރެފްރީސް ކޯސް 2016 (މާލެ)

ބޭސިކް ފުޓްބޯލް އެންޑް ފުޓްސަލް ރެފްރީސް ކޯސް 11 އިން 19 މާރިޗު 2016 ގެ ނިޔަލަށް މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 10 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނުން މިކަމަށް ދޫކުރާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުމަށް ދެންނެވީމެވެ. އަދި މިކޯހުގައި ބައިވެރިވެވޭނީ -/1،500ރ ގެ ފީއެއް ދެއްކުމަށް ފަހުގައެވެ.

ފުރިހަމަ ކުރަންޖެހޭ ކަންކަން:

1- ކޯހަށް އެދޭ ފޯމު ފުރިހަމަކުރުން.

2- ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ އުމުރު ފުރާއަކީ 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށް ވާންވާނެއެވެ.

3- ކޯހުގެ ފީ، ފޯމު ހުށަހަޅާއިރު ދައްކަންވާނެއެވެ.

4- ކޯހުގައި ބައިވެރިވާ ކުދިންނަކީ ޞިއްޙީގޮތުން ރަނގަޅު އަދި ޢަމަލީގޮތުން ކޯހުގައި ބައިވެރިވެވޭނެ ކުދިންނަށް ވާންވާނެއެވެ.

މިކޯހަށް އެދި ހުށަހަޅާނީ އެކަމަށް ކަނޑަ އެޅިފައިވާ ފޯމުންނެވެ. އަދި އެ ފޯމު މިއެސޯސިއޭޝަންގެ ކައުންޓަރުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 14:00 އަށް ލިބެން ހުންނާނެއެވެ.

ކޯހާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ އަޙުމަދު އަމީޒު / 7786989 ނަންބަރަށެވެ.

02 މާރިޗު 2016
ހޯދާ